މިއަދު މިނިސްޓަރު ވިދާޅުވީ، ކިތަންމެ ބޮޑު ހެޔޮކަމެއް ކުރިއަސް ނުރުހުންވެ ދެކޮޅު ހަދާނެ ކޮންމެވެސް ބަޔަކު ތިބޭނެކަން ހަނދާންކުރަންވާނެކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެންމެންގެ ރުހުން ލިބުމަކީ އެއްވެސް މީހަކަށް ދުވަހަކުވެސް ވާނެކަމެއް ނޫންކަމަށެވެ.
މިއީ މުސްލިމު އުންމަތް އެއްބައިވާންވީ ވަގުތުކަމަށް ވެސް ހޯމް މިނިސްޓަރު އިއްޔެ ވަނީ ވިދާޅުވެފައެވެ.
އިސްރާއީލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން، އިމްރާން ވިދާޅުވީ، ފަރުދީ ތަފާތު ތަކާ މަސްލަޙަތުތައް އެއްފަރާތް ކޮށްގެން މެނުވީ އުންމަތުގެ ކަރާމަތާއި،ޝަރަފާ، އިއްޒަތް ސަލާމަތްވާނެ ހަމަ އެއްގޮތެއްވެސް ނެތްކަމަށެވެ.