ads
ޝަހީދު ހުސެން އާދަމް ބިލްޑިން-- ފޮޓޯ: ރާއްޖެ އެމްވީ
56 މިލއިަން ރުފިޔާގެ މަކަރާ ހީލަތުގެ މައްސަލައެއް ބަލަން ފަށައިފި
މުދާ ގެނެސްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ގިނަ ބައެއްގެ އަތުން 56 މިލިއަނަށް ވުރެ ގިނަ ރުިޔާ ނަގާފައިވާ މީހެއްގެ މައްސަލައެއް ފުލުހުން ތަހުގީހުކުރަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ ތަހުގީގު ކުރާ މި މައްސަލާގައި ބައިވެރިވެފައި ވަނީ ށ. ފޭދޫ، ފްރެސްހާޓް/ ހުސައިން އިޔާޒް އަހުމަދުކަމަށެވެ. 

"އޭނަގެ މައްސަލަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން މިހާރު ތަހުގީގު ކުރަމުން އެބަދޭ. އޭނާ އިތުރު ބައެއްގެ އަތުން ފައިސާ ނަގާފައިތޯ ބަލަން ބޭނުންވޭ،"

އިޔާޒް މަކަރާއި ހީލަތުން އޮޅުވާލައިގެން އިތުރު އެއްވެސް ބައެއްގެ އަތުން ފައިސާ ނަގާފައިވާ ނަމަ އެ މައުލޫމާތެއް ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅަވއި ހިއްސާކުރުމަށް ފުލުުން ވަނީ އެދިފައެވެ. 

މަކަރާއި ހީލަތް ހެދުން އިތުވާތީ ސަމާލުވުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ. އަދި ޕޯސްޓު އޮފީހުގެ ނަމުގަ ސްކޭމް މެސެޖުތަކެއް ފޮނުވަމުން ގެންދާތީ ސަމާލުވުމަށް ވެސް މިދިޔަ ހަފްތާގަ ފުލުހުން ވަނީ އެދިފައެވެ. 


0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް