ޖުޑިޝަރީ އިސްލާހުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް މަޖިލީހުގެ ރިޔާސަތުން ހުރަސް އަޅަމުން އަންކަމަށް އެމްޑީޕީއަށް ނިސްބަތްވާ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ތުހުމަތުކުރައްވައިފިއެވެ.

Advertisement
ޝަރީފް މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ޖުޑީސަލް ސާވިސް ކޮމިޝަން އިސްލާހުކުރަން ސަރުކާރުގެ ފަރާތުން މަޖިލީހަށް މިދިޔަ ޖޫން މަހު ހުށަހެޅި ބިލެއްގެ ފުރަތަމަ ކިއުން މިއަދު އިއްވުމުން އެކަމާ ހިތްހަމުޖެހުން ފާޅުކުރައްވަމުންނެވެ.
"ވީހާވެސް އަވަހަކަށް ބިލުގެ ބަހުސްތައް ނިންމައި ޖޭއެސްސީއަށާއި ގާނޫނުއަސާސީ އަށް އިސްލާހުތައް ގެނައުމަކީ މުހިންމުކަމެއްކަމެއް. މިދިޔަ ފަސް އަހަރު މަޖިލީހުގައި ދެކިފައިވާ އެއް ވާހަކައަކީ ޖޭއެސްސީއަށް ސިޔާސީ ނުފޫޒު ވަދެފައިވާކަމުގެ ވާހަކަ،"
ޝަރީފް ވިދާޅުވީ މި ބިލު ލަސްކުރުމަކީ ޖުދީޝަރީ އިސްލާހު ކުރުމަށް ކުރަމުން އަންނަ މަސައްކަތައް މަޖިލީހުގެ ރިޔާސަތުން ހުރަސްއެޅުންކަމަށެވެ.
" ސިޔާސީ ނުފޫޒު އެތަނަށް ވަނުމުގެ އެންމެ ބޮޑު ނާރެހަކީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު. ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ހުންނަވާ ހުންނެވުމާއި ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހުންނެވުން،"
ޖުޑީޝަރީ އިސްލާހު ކުރަން ސަރުކާރުން ފޮނުވި ބިލު ތަޅުމަށް ނުގެނެސް ހަތަރު މަސް ދުވަސް ވަންދެން ލަސްކުރުމަކީ ކަންބޮޑުވާކަމެއްކަމަށް ޝަރީފް ވިދާޅުވިއެވެ.