ads
ދިވެހި ކުދިންތަކެއް ފަލަސްތީނު ދިދަ ހިފައިގެން
ހުރިހާ ދިވެހިން ފަލަސްތީނުގެ ދިފާއުގަ ނުކުންނަނީ
އަންނަ ހުކުރު ދުވަހު މުޅިރާއްޖޭގެ ހުރިހާ ރަށަކުން ފަލަސްތީނުގެ ދިފާއުގަ ނުކުމެ އަޑުއުފުލަން ނިންމައިފިއެވެ.

އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުން އަންނަނަ އުދުވާނާ ދެކޮޅަށް ދިވެހިން އަޑުއުފުލަން ނުކުތުމަށް ހަމަޖެހިފައިއޮތީ އެދުވަހު ހަވީރު 16:00 ގައެވެ. 

އިންތިޒާމު ކުރާފަރާތުން ސޯޝަލް މީޑިއާގަ ބުނެފައިވަނީ މާލޭގަ ހަރަކާތް ފަށާނީ ރަސްފަންނުންކަމަށެވެ. 

ދިވެހިންނަކީ އިޒްރޭލާ ފަލަސްތީނާ ދެމެދު ހިނގަމުން އަންނަ ޒަމާންވީ ހަނގުރާމައިގަ ފަލަސްތީނަށް ތާއީދުކޮށް އެހީތެރިވަމުން އަންނަގައުމެކެވެ. މިގޮތުން ތާރީހުގެ ތެރެގަ ވެސް އިޒްރޭލާ ދެކޮޅަށް ގިނަ ހިނގާލުންތަކެއް ބާއްވާ، ފަލަސްތީނުގަ ހާލުގަ ޖެހިފައިވާ މީހުންނަށް އެހީވުމަށް އެތައް ފަންޑެއް ހުޅުވާފައިވެއެވެ. 

ފަލަސްތީނުގެ ރައްތިތުންގެ ދިފާއުގަ އެންމެ ފަހުން ދިވެހިން ނުކުމެ ހިނގާލުމެއް ބާއްވާފައިވަނީ 2021 ވަަނަ އަހަރުއެވެ. 

މިދިޔަ ހޮނިހިދު ދުވަހުން ފެށިގެން އިޒްރޭލާ ފަސަސްތީނުގެ ހަމާސް ޖަމާއަތާ ދެމެދު ކުރަމުން އަންނަ ހަނގުރަމައިގަ އެތައް ހާސް އާންމުންނެއް ވަނީ މަރުވެފައެވެ. އޭގެ ތެރެގައި ކުޑަކުދިންނާ އަންހެނުން ވެސް ހިމެނެއެވެ. 

އިޒްރޭލުން ވަނީ ގައްޒާއަށް ދެމުން އަންނަ ހަމަލާތައް އިތުރަށް ވަރުގަދަކުރާނެކަމަށް ބުނެފައެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް