ads
ސިނަމާލެ ބްރިޖު: ބްރިޖުގައި ބާރު ސްޕީޑުގައި ދުއްވާ އުޅަނދުތަކުގެ ވެރިފަރާތަށް މެސެޖު ފޮނުވަން ފެށުމަށް ވަނީ ނިންމާފައި.
ބްރިޖުގައި ބާރަށް ދުއްވާ އުޅަނދުތަކުގެ ވެރިފަރާތަށް މެސެޖު ފޮނުވަނީ
ސިނަމާލެ ބްރިޖުގައި ބާރު ސްޕީޑުގައި ދުއްވާ އުޅަނދުތަކުގެ ވެރިފަރާތަށް މެސެޖު ފޮނުވަން ފެށުމަށް ނިންމާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ފުލުހުން މިއަދު އެކްސްގައި ބުނެފައިވަނީ ސިނަމާލެ ބްރިޖުގައި ބާރު ސްޕީޑުގައި ދުއްވާ އުޅަނދުތަކާއި ގަވާއިދާ ހިލާފަށް ލޭން ބަދަލުކުރާ އުޅަނޑުތަކުގެ ވެރި ފަރާތްތަކަށް އެކަން އަންގައި މެސެޖު ފޮނުވަން އެ އިދާރާއިން ނިންމާފައިވާ ކަމަށެވެ.

މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ސިނަމާލެ ބްރިޖުގައި ދުއްވަން ހުއްދަކުރެވިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތަކާއި ގަވާއިދާ ހިލާފަށް ލޭން ބަދަލުކުރާ އުޅަނދުތައް ދެނެގަތުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

"އުޅަނދެއް ދުއްވި ބާރުމިން އެނގޭގޮތަށް، އެ އުޅަނދެއް ރަޖިސްޓްރީކޮށްފައިވާ ފަރާތުގެ ފޯނަށް 2023 އޮކްޓޯބަ 15 ވަނަ ދުވަހުން ފެށިގެން ނަސޭހަތުގެ މެސެޖެއް ފޮނުވޭނެ ވާހަކަ ދަންނަވަމެވެ،" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނި ގޮތުގައި އުޅަނދު ދުއްވި ބާރުމިނާއި ލޭން ބަދަލުކުރިކަން ދެނެގަންނަނީ ސިނަމާލެ ބްރިޖުގައި ހަރުކޮށްފައިވާ ސްޕީޑް ބަލާ ކެމެރާތައް މެދުވެރިކޮށް ކަމުގައެވެ.

your imageބްރިޖުގައި ބާރަށް ދުއްވާ ފަރާތްތަކާއި ގަވާއިދާ ހިލާފަށް ލޭން ބަދަލުކުރާ ފަރާތްތަކަށް ފޮނުވޭ މެސެޖުގެ ނަމޫނާ - ފޮޓޯ:ފުލުހުން

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ސްޕީޑަށްވުރެ ބާރަށް އުޅަނދު ނުދުއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް