ads
ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ގޯތި ހަވާލުކުރަނީ: ބިންވެރިޔާ ސްކީމުން ގޯތި ދޭ ސަރަހައްދުތަކުގެ ލޭންޑް ޔޫސް ޕްލޭން ވަނީ އާންމުކޮށްފައި - ފޮޓޯ:ޕްލޭނިން މިނިސްޓްރީ
ބިންވެރިޔާ ސްކީމުން ގޯތި ދޭ ސަރަހައްދުތަކުގެ ލޭންޑް ޔޫސް ޕްލޭން އާންމުކޮށްފި
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލެ ސަރަހައްދުން ގޯތި ދޫކުރަން ނިންމާފައިވާ ސަރަހައްދުތަކުގެ ލޭންޑް ޔޫސް ޕްލޭން އާންމުކޮށްފިއެވެ.
Advertisement

މި ސަރުކާރުގެ "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ދޫކުރަން ހަމަޖެހިފައިވަނީ ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅުންނެވެ.
ސަރުކާރުން އިއްޔެ އާންމުކުރި ލޭންޑް ޔޫސް ޕްލޭންގައި ގޯތި ދޫކުރަން ނިންމާފައިވާ ސަރަހައްދުތަކާއި ވިޔަފާރި އަދި ސިނާއީ ބޭނުމަށް ދޫކުރާ ސަރަހައްދުތަކާއި ތިމާވެށީގެ ކަންކަމަށް ހާއްސަކޮށްފައިވާ ސަރަހައްދުތަކާއި ކުޅިވަރާއި ރެކްރިއޭޝަންގެ އިތުރުން ޔޫޓިލިޓީ ހިދުމަތްތަކަށް ދޫކުރާ ސަރަހައްދުތައް ވަނީ ފާހަގަކޮށްފައެވެ.
ޕްލޭނިން މިނިސްޓްރީން ލޭންޑް ޔޫސް ޕްލޭން އާންމުކޮށްފައި ވަނީ ދައުލަތުގެ ބިންތައް އެކި ބޭނުންތަކަށް ބޭނުންކުރުމުގެ ކުރިން ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށް ލާމަރުކަޒީ ގާނޫނުގައި ލާޒިމުކޮށްފައިވުމާ އެކުގައެވެ.
މާލެ ސަރަހައްދުން ގޯތި ލިބުނު މީހުނަށް ރަޖިސްޓްރީ ދޫކުރުމަށް ފަށާފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 27 ވަނަ ދުވަހުއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯޗަށް ހުށަހެޅި 97 އިންސައްތަ މީހުންނަށް ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އޭގެ ތެރެއިން ހުޅުމާލޭން ގޯތި ލިބުނު މީހުންނަށާއި ގުޅިފަޅުން ގޯތި ލިބޭ މީހުންނަށް ގޯތި ހަވާލުކުރުމުގެ މަސައްކަތްތައް ޕްލޭނިން މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ސިންގަލް އެޕްލިކަންޓް އަދި ޖޮއިންޓް އެޕްލިކަންޓުގެ ގޮތުގައި ޖުމްލަ 23،088 މީހުން ފޯމު ހުށަހެޅިއެވެ. އޭގެ ތެރެއިން 18،955 މީހުން ސްކީމަށް ޝަރުތު ހަމަވިއިރު، 9،003 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ވަކި ފަރުދަކަށް ނަމަ ދޫކުރާ އެންމެ ކުޑަ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއް ނަމަ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓުގެ ގޯއްޗެއް ދޫކުރުމަށް ހަމަޖެހިފައިވާއިރު، ހަތް މީހުންނަށް ވުރެ ގިނަ މީހުން ބައިވެރިވެގެން ހުށަހެޅި އެޕްލިކޭޝަނެއް ނަމަ ޖުމްލަ 4،000 އަކަފޫޓުގެ ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.

80%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް