ads
ޕީސީބީ މެމްބަރުން މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށްފައި- ފޮޓޯ: މަޖިލިސް
ޕީބީސީ މިނިވަންކުރަން އެދިއްޖެ
ޕްރައިވަޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ އިދާރީ މަސައްކަތް ފިނޭންސް މިނިސްޓްރީގެ ދަށުން ވަކިކޮށް، އެ ބޯޑުގެ މަސްއޫލިޔަތުގެ ތެރެއަށް އަންނަ ގޮތަށް ގާނޫނު އިސްލާހު ކޮށް ދިނުމަށް އެ ބޯޑުން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.
Advertisement

މިގޮތަށް އެދިފައިވަނީ، ސަރުކާރު ބަދަލުވާ މަރުހަލާގައި ސަރުކާރުގެ ކުންފުނިތަކުން އާ މަޝްރޫއުތައް ފަދަ ކަންކަން ނުހިންގުމަށް އިލްތިމާސްކޮށް މިފަހުން ޕީސީބީން ނެރެފައިވާ ސާކިއުލާ އާ ގުޅިގެން އެ ބޯޑުގެ ވެރިން މިއަދު އެސްއޯއީ ކޮމިޓީއަށް ހާޒިރުކުރުމުން ނެވެ. 

އެސްއޯއީ ކޮމިޓީ ބައްދަލުވުމުގައި ޕީސީބީގެ ހިންގެވުމާ ހަވާލުވެ ހުންނެވި އެ ބޯޑުގެ ނައިބު ރައީސް މުހައްމަދު ފިރާޒު ވިދާޅުވީ، ޕީސީބީއާ މެދު ސިޔާސީ ނަޒަރަކުން ނުވިސްނެވުމަށް އެދޭ ކަމަށާއި،  ގާނޫނީ އިމުގެ ތެރެއިން އެ ބޯޑުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެދޭ ކަމަށެވެ.

އެގޮތުން ފިނޭންސް މިނިސްޓްރީގެ ދަށުން އެ ބޯޑުގެ އިދާރީ މަސައްކަތްތައް ބެލެހެއްޓުމަށް ގާނޫނުގައި  އޮންނަ މާއްދާ ބަދަލުކޮށް، އެ މަސައްކަތް އެ ބޯޑުގެ ދަށަށް ބަދަލުކޮށްދިނުމަށް އެދިވަޑައިގެން ނެވި އެވެ.


"ޕީސީބީގެ ގާނޫނުގައި މިވަގުތު ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް ގާނޫނު މުރާޖައާކޮށް އަވަސް މުސްތަގުބަލެއްގައި ޕީސީބީ ގާނޫނު އެހެން ގޮތަކަށް ބަދަލުކޮށް، އަދި ޕީސީބީގެ އަމިއްލަ ސެކްރެޓޭރިއެޓެއް އޮންނަ ގޮތަށް ބަދަލުކޮށް، މައްސަލަތައް ދިރާސާކޮށް ކުރިއަށް ގެންދިއުން އެއީ އަޅުގަނޑު ވަަރަށް ބޮޑަށް އެދޭ ކަމެއްވީމާ ދަންނަވާލީ." ފިރާޒް ވިދާޅުވި އެވެ.

ޕީސީބީ އުފެއްދީ 2013 ވަނަ އަހަރު އެވެ. ޕީސީބީ ގާނޫނުން އެ ބޯޑުގެ އިދާރީ މަސައްކަތް ހަވާލުކޮށްފައި އޮންނަނީ ފިނޭންސް މިނިސްޓްރީ އާއެވެ. އެ ބޯޑަކީ، ސަރުކާރުގެ މިލްކުގައިވާ ދައުލަތުގެ ވިޔަފާރި ތަންތަނާއި އެތަންތަނުގެ މިލްކުގައިވާ އެއްޗެހި ޕްރައިވަޓައިޒްކުރުމާއި، ކޯޕަރަޓައިޒްކުރުމާއި، މޮނިޓަކުރުމާއި، އިވެލުއޭޓްކުރުމާއި ދައުލަތުގެ ވިޔަފާރި ތަންތަނުން ހިއްސާ އާންމުކޮށް ވިއްކުމުގެ ނިންމުންތައް ނިންމުމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ ތަނެކެވެ.

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް