
އިސްކަންދަރު ސްކޫލުގެ އިނާމު ދިނުމުގެ ހަފްލާގަ ރޭ ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ، ކަންކަން ހައްލުކުރަން މަސައްކަތްކުރުމަކީ މުހިންމުކަމެއްކަމަށެވެ. އަދި ލީޑަރަކަށް ވުމަށް އެދޭނަމަ ލީޑަރެއްގެ ސިފަތައް ހަށިގަނޑުގަ އަށަގަންނުވަންޖެހޭކަމަށެވެ.
ނައިބް ރައީސް ވިދާޅުވީ ލީޑަރަކަށް ވާން އެދޭނަމަ ލީޑަރެއްގެ ސިފަތަކާ އެއްގޮތަށް ދިރިއުޅުމުގެ އާދަތައް ބައްޓަންކުރަން ޖެހޭ ކަމަށެވެ.
އިސްކަން ދަރުސްކޫލުގެ އިނާމު ދިނުމުގެ ހަފްލާގަ ނައިބު ރައީސް ފައިސަލް
ނައިބު ރައީސް ވިދާޅުވީ ކަންކަން ހައްލުކުރަން އެދޭނަމަ މަސައްކަތްކުރަންޖެހޭކަމަށެވެ. އަދި މަސައްކަތް ނުކުރާކަމެއްގެ ނަތީޖާވެސް ނުފެންނާނެކަމަށެވެ.
ނައިބް ރައީސް ވިދާޅުވީ އެމަނިކުފާނު ތައުލީމު ހާސިލްކުރި ދުވަސްވަރު ނެތް އެތައް ފަސޭހަތަކެއް މިއަދު ދަރިވަރުންނަށް މައުލޫމާތު ހޯދުމާއި ވަސީލަތްތައް ހޯދުމުގައި މިހާރު ލިބިފައިވާކަމަށެވެ. އަދި އެ ފަސޭހަތަކަށް ދަރިވަރުން އަހުލުވެރިވާންޖެހޭކަމަށެވެ.