އިންތިގާލީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް ވިދާޅުވީ މައުލޫމާތު ލިބޭ ގޮތުން ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ސިވިލް ސާވިސްގެ މަގާމުތަކަށް މިހާރު ހުރި މަގާމުގެ މުސާރަ ލިބޭގޮތަށް މަގާމުތަކެއް އުފައްދާ އެ މަގާމުތަކަށް ބަދަލުކުރުމުގެ ވިސްނުންތަކެއް ގެންގުޅެމުންދާ ކަމަށެވެ.
ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއަށް އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސްކުރައްވާ އަބްދުއްރަހީމް ވިދާޅުވީ އެގޮތަށް އެކަން ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި ސިޔާސީ މަގާމުތަކުގައި މިއަދު ތިބޭނީ މިހާރުގެ ސަރުކާރުގެ ސިޔާސީ ވިސްނުމަށް ތާއީދުކުރާ ފަރާތްތައް ކަމަށެވެ.
އަބްދުއްރަހީމް ވަނީ ސިވިލް ސާވިސްގެ މަގާމުތަކެއް އުފައްދައިގެން މިހާރު ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް މަގާމުތައް ނުދިނުމަށް ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއަށް އިލްތިމާސް ކުރައްވާފައެވެ.