ads
ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ: ވިދާޅުވީ ވިސްނުމަކީ ކާމިޔާބު ފަސް އަހަރުގެ ވެރިކަމަކަށްފަހު، އިތުރު ފަސް އަހަރަކަށް މުއިއްޒު ގެނައުން ކަމަށް - ފޮޓޯ:މުއިއްޒު މީޑިއާ
ޑރ. މުއިއްޒަށް 10 އަހަރު ވެރިކަން ކުރަން ދޭނަން: އަބްދުއްރަހީމް
ވިސްނުމަކީ ކާމިޔާބު ފަސް އަހަރުގެ ވެރިކަމަކަށްފަހު، އިތުރު ފަސް އަހަރަކަށް އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ގެނައުން ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
Advertisement

އަބްދުއްރަހީމް ވިދާޅުވީ ފަސް އަހަރުގެ ފަހުގެ ސުވާލަކަށް މިއަދު ޖަވާބު ދިނުމަކީ އެހާ ފަސޭހަކަމަކަށް ނުވާނެ ކަމަށެވެ. މަލްޓި ޕާޓީ ޑިމޮކްރަސީއެއް އައިފަހުން ފަސް އަހަރުން ފަސް އަހަރުން ސަރުކާރު ބަދަލުވަމުންދާކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވެފައިވަނީ 180 އެތައް ރަށެއްގެ މައްޗަށް އެކުލެވޭ ރާއްޖެފަދަ ޖަޒީރާ ގައުމެއްގައި ރައްޔިތުން ބޭނުންވާ ތަރައްގީ ގެންނަން ފަސް އަހަރު މަދު ކަމަށެވެ.

"187 ރަށުގެ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދޭން ފަސް އަހަރު މަދު. އެހެންވީމާ އެއް ސަރުކާރެއް، އެއް ވިސްނުމެއް، އެއް ފިކުރެއް، 10 އަހަރަށް ދެމިގެން ދިޔައީމާ އަސްލު ރައްޔިތުން ބޭނުންވާ ކާމިޔާބު ހާސިލު ކުރެވޭނީ. އެހެންވީމާ އަޅުގަނޑު މި ދެންނެވީ، އަޅުގަނޑުމެންގެ ވިސްނުމަކީ އިރާދަކުރެއްވިއްޔާ ކާމިޔާބު ފަސް އަހަރުގެ ވެރިކަމަކަށްފަހު، އަނެއްކަ އިތުރު ފަސް އަހަރަކަށް ޑރ. މުއިއްޒު ވެރިކަމަށް ގެނައުމޭ،" - ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ސަރުކާރަށް އަންނަނީ މުއިއްޒު ގޮވައިގެން 10 އަހަރުގެ ވެރިކަމެއް ކުރުމަށް ކަމުގައެވެ. މި ފަސް އަހަރު ނިންމާފައި ދެން އަންނަ ފަސް އަހަރަކަށް މުއިއްޒު ގޮވައިގެން ކެމްޕެއިނަށް ދާނީ ވީ ވައުދުތައް ފުއްދާފައި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެ ރަށަކަށް ވީ ވައުދާ ގުޅޭގޮތުން ރައްޔިތުން އޭރަށް ސުވާލުކުރަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ މުއިއްޒުގެ ފަސް އަހަރުގެ ދައުރަކަށްފަހު އަންނަ ހާލަތުގައި އޭނާ ތާއީދު ކުރާނީ ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީނަށް ނުވަތަ މުއިއްޒަށްތޯ ކުރާ ސުވާލަށް މިއަދު ދޭން ނުޖެހޭ ކަމަށެވެ. އެ ޕާޓީގެ އަސާސީ ގަވާއިދުގައި ބުނަނީ ޕާޓީގެ ޓިކެޓުގައި ވާދަކޮށް، އިންތިހާބު ކާމިޔާބު ކުރާ ވެރިއަކު ދެވަނަ ދައުރަަކަށް ކުރިމަތިލާން ބޭނުންވާ ނަމަ ޕްރައިމަރީ އަކާ ނުލާ ޓިކެޓް ދެވިދާނެ ކަމަށެވެ.

40%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް