ads
ވީއައިއޭގައި ފަތުރުވެރިންތަކެއް: ވައިގެ މަގުން ރާއްޖެ ގެނައި 5.8 މިލިއަން ރުފިޔާގެ ހެރޮއިން ވަނީ އަތުލައިގަނެފައި - ފޮޓޯ:ސަން
ވައިގެ މަގުން ރާއްޖެ ގެނައި 5.8 މިލިއަން ރުފިޔާގެ ހެރޮއިން އަތުލައިގަނެފި
ވައިގެ މަގުން ރާއްޖެ އެތެރެކުރަން މަސައްކަތް ކުރި 5.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގަނެފިއެވެ.
Advertisement

ކަސްޓަމްސްއިން މިއަދު ބުނީ މި މަހުގެ ހަތްވަނަ ދުވަހު ޕާކިސްތާނުން ރާއްޖެ އައި 20 އަހަރުގެ އަންހެން ފަސިންޖަރެއްގެ އަތުން 4.7 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ. އެ ތަކެތި އަތުލައިގެންފައި ވަނީ އެ ފަސެންޖަރުގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކު ކުރެވިގެން އޭނާގެ ލަގެޖު ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ހުރި ޕެކެއް ފެނުމުން، އެތަކެތި ފުރަތަމަ މަރުހަލާގައި އެ އިދާރާއިން ތަހުލީލު ކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. 

މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 4.7 ކިލޯ ހުރިއިރު، އޭގެ އަގު 5.8 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ. ކަސްޓަމްސްއިން ބުނި ގޮތުގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި އެތަކެތި އެތެރެކުރަން މަސައްކަތް ކުރި އަންހެން މީހާ ދިވެހި ފުުލުހުންގެ ހިދުމަތާ ހަވާލުކޮށްފައިވާ ކަމުގައެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް