ads
ސްޓެލްކޯއިން ހުޅުމާލޭގައި ގާއިމުކުރި އިމަޖެންސީ ޕަވާޕްލާންޓު: ކަރަންޓު ސަބްސިޑީއަށް ބަޖެޓުކުރި ވަރަށް ވުރެ އިތުރަށް 925 މިލިއަން ހޭދަވާނެ ކަމަށް ވަނީ ލަފާކޮށްފައި - ފޮޓޯ:ސްޓެލްކޯ
ކަރަންޓު ސަބްސިޑީއަށް ބަޖެޓުކުރި ވަރަށްވުރެ އިތުރަށް 925 މިލިއަން ހޭދަވާނެ
މި އަހަރު ކަރަންޓު ސަބްސިޑީއަށް ހޭދަކުރުމަށް ބަޖެޓު ކުރި އަދަދަށްވުރެ 925.2 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި "ފިސްކަލް ހިރާސްތަކުގެ ބަޔާން 2023" ގައިވާ ގޮތުގައި މި އަހަރުގެ ތެރޭގައި ކަރަންޓު ސަބްސިޑީއަށް ކުރާ ހޭދަ 1.5 ބިލިއަން ރުފިޔާއަށް އަރާނެއެވެ.
މި އަހަރު ކަރަންޓު ސަބްސިޑީއަށް ބަޖެޓުކޮށްފައިވަނީ 593.9 މިލިއަން ރުފިޔާއެވެ. އަހަރުގެ މިހާތަނަށް ކަރަންޓު ސަބްސިޑީއަށް 423 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
ބަޖެޓު ކުރި އަދަދަށްވުރެ ބޮޑު އަދަދެއް މި އަހަރު ކަރަންޓު ސަބްސިޑީއަށް ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފައިވާއިރު، މިދިޔަ އަހަރު ކަރަންޓު ސަބްސިޑީއަށް ކަނޑައަޅާފައިވަނީ 539.9 މިލިއަން ރުފިޔާއެވެ. އެހެންނަމަވެސް އަހަރު ނިމުނުއިރު 855.9 މިލިއަން ރުފިޔާ ވަނީ ކަރަންޓު ސަބްސިޑީއަށް ހޭދަވެފައެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ ސަބްސިޑީ ލިބުން އެންމެ ހައްގުވާ މީހުން ދެނެގަތުމަށް ބޭނުންވާ ނިޒާމުތަކާއި އެފަދަ ނިޒާމެއް ތަންފީޒު ކުރުމުގައި ދިމާވެދާނެ ގޮންޖެހުންތައް ދިރާސާކުރަމުން އަންނަ ކަމަށެވެ. އަދި އެފަދަ ކަންކަން ހައްލުކުރުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް