ޕީޕީއެމް އިން މި އިލްތިމާސް ކުރީ އިންތިހާބީ ރައީސް މުއިއްޒުގެ ނަންފުޅުގައި އެ މަނިކުފާނުގެ މޮބައިލް ނަންބަރުން ތަފާތު އެކިއެކި މެސެޖުތައް ދައުރުކުރަމުންދާ ކަމަށް ބުނެ މިރޭ ނެރެފައިވާ ބަޔާނެއްގަ އެވެ.
ޕީޕީއެމް އިން ބުނީ، އެއީ ހަގީގަތާ ހިލާފު ”ފޭކް އެސްއެމްއެސްތަކެއް“ ކަމަށެވެ.
”މި ކަން ކުރަނީ ކޮންމެ ފަރާތަކުން ނަމަވެސް، މި ފަދަ ނާތަހުޒީބު އަމަލުތައް ނުކުރުމަށާއި، އެ ފަދަ މެސެޖެއް ލިބިވަޑައިގެންނެވި ނަމަވެސް އެއަށް އަމަލު ނުކުރުމަށް ނަސޭހަތްތެރިވަމެވެ. ނާތަހުޒީބު ފިނޑި މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.“ ބަޔާނުގައި ވެެއެވެ.
މީގެ އިތުރުން އެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބައްލައިދީ، އެކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ދިނުމަށް ފުލުހުންނަށް އެ ޕާޓީން ވަނީ ގޮވާލާފަ އެވެ.