ads
ގެއްލުވާލާފައިވާ މިނިވަންނޫހުގެ ނޫސްވެރިޔާ ރިލްވާން އަދި ޔާމީން
ރިލްވާން އާ ޔާމިންގެ މަރު: އަހަނދު މިނިވަންވެއްޖެ
ނޫސްވެރިއާ އަހުމަދު ރިލްވާން އާއި ޔާމިން ރަޝީދު މަރާލުމުގަ އިސްކޮށް ހަރަކާތްތެރިވިކަމަށް ތުހުމަތުކުރެވޭ އަހުމަދު އިސްމާއިލް (ބުރު އަހަނދު) ގެ މައްސަލަ ކްރިމިނަކް ކޯޓުން ބޭރުކޮށްލައިފިއެވެ.

އޭނާގެ މައްސަލަ ކްރިމިނަލް ބުރާސްފަތި ދުވަހު ކޯޓުން ބޭރުކޮށްލީ އެ މައްސަލަ ކުރިއަށް ގެންދެވޭމިންވަރަށް ހެކި ނެތުމުންނެވެ. 

އެއީ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ނުގެންދެވޭނެ ކަމަށްނިންމުމަށްފަހުއެވެ.  

އަހަނދުގެ މައްޗަށް ކުރީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ.

އޭނާގެ މައްޗަށް އެ ދައުވާ ކުރީ ޔާމީން ރަޝީދު މަރާލުމަށް މަގުފަހިކޮށްދިނުމަށް ފާރަލުމުގެ ކަންކަން އިންތިޒާމުކޮށް އެހީތެރިވެދީފައިވާ ކަމުގެ ތުހުމަތުގައެވެ.

ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ 2014 ވަނަ އަހަރު ވަގަށް ނެގުމަށް ފަހު މަރާލުމުގައި އަދި ބްލޮގާ ޔާމީން ރަޝީދު މަރާލި މައްސަލާގައި އިސްކޮށް ހަރަކާތްތެރިވި ކަމުގެ ތުހުމަތުގައި ފުލުހުން އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ) އާއި އަހުމަދު އިސްމާއިލް (ބުރު އަހަނދު) އަދި އަހުމަދު މުއާޒް (ގަޓު މުއާ) ހައްޔަރު ކުރީ 2022 ވަނަ އަހަރުގެ ޖޫން މަހުއެވެ. 

ރޭ އަހަނދު ދޫކޮށްލާފައިވާއިރު، އިސޫ ވެސް ވަނީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގަ ޓެގް އަޅުވައި ގެއަށް ބަދަލުކޮށްފައެވެ. 

ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކޮށްލީ ޕާސްޕޯޓް ހިފަހައްޓައި އަދި ޒަރޫރީ ބޭނުމަކަށް ނޫން ގޮތަކަށް ގެއިން ބޭރަށް ނުނުކުތުމަށް އަމުރުކުރުމަށްފަހުއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް