ads
ދިރާގަށް 35 އަހަރު ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު އެ ކުންފުނިން ވަނީ ވަޒަންކޮށްފައި - ފޮޓޯ:ދިރާގު
ދިރާގަށް 35 އަހަރު ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށްފި
ދިވެހި ރާއްޖޭގެ ގުޅުން (ދިރާގު) އަށް 35 އަހަރު ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން އެ ކުންފުނިން ހާއްސަ ހަފުލާއެއް ބާއްވައިފިއެވެ.

ދިރާގުގެ 35 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި އެ އިވެންޓުގައި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދާއި ދިރާގުގެ ބޯޑް އޮފް ޑިރެކްޓަސްގެ ޗެއާމަން އިސްމާއިލް ވަހީދާއި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދުގެ އިތުރުން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑާއި ލީޑަޝިޕް ޓީމުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. 

ވިލާ ނޯޓިކާ ޕެރެޑައިސް އައިލެންޑްގައި ބޭއްވި އެ ރަސްމިއްޔާތުގައި ވަނީ 1988 ވަނަ އަހަރު ދިރާގު އުފެދުނީއްސުރެ އެ ކުންފުނީގައި މަސައްކަތް ކުރަމުންދާ 22 މުވައްޒަފެއްގެ އަގު ވަޒަންކޮށް ހާއްސަ އެވޯޑެއް ދީފައެވެ. 

އެ ހަފުލާގައި ވަނީ އެ ކުންފުނީގެ 35 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ތައްޔާރުކޮށްފައިވާ ފޮޓޯ ފޮތް ކަމަށްވާ 'ލީޑިން ދަ ޑިޖިޓަލް ޓްރާންސްފޯމޭޝަން ޖާނީ އޮފް ދަ މޯލްޑިވްސް' ޑިޖިޓަލްކޮށް އިފްތިތާހުކޮށްފައި ކަމަށް ދިރާގުން ބުނެއެވެ. ދިރާގުން ބުނީ އެ ފޮތް އިފްތިތާހުކޮށްދެއްވީ އެ ކުންފުނީގެ ޗެއަޕާސަން އިސްމާއިލް ވަހީދު އަދި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ކަމަށެވެ. މިހާރު ދިރާގު ވެބްސައިޓުން ޑިޖިޓަލްކޮށް ލިބެން ހުރި މި ފޮތުގައި ރާއްޖޭގެ ގައުމީ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ބިނާކޮށް، ފާއިތުވި 35 އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުނިން ހޯދާފައިވާ މުހިންމު ކާމިޔާބީތައް ދައްކައިދީފައިވާ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނެފަައިވަނީ ކުލަގަދަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކަކާ އެކު، އެ ހަފުލާގައި އަގުހުރި އިނާމުތަކާ އެކު މުވައްޒަފުންގެ މެދުގައި ހާއްސަ ލަކީ ޑްރޯއެއް ބާއްވާފައިވާ ކަމަށެވެ.

ދިރާގުން އަބަދުވެސް ދަނީ އެ ކުންފުނީގެ މުވައްޒަފުން ބާރުވެރިކޮށް، ކަސްޓަމަރުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް މުވައްޒަފުންކުރާ ހީވާގި މަސައްކަތް ފާހަގަކޮށް އަގުވަޒަންކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް