ads
އާޖެންޓީނާ ކުޅުންތެރިން އުފާ ފާޅުކުރަނީ
އާޖެންޓީނާ މޮޅުވިއިރު، ބްރެޒިލް މެޗު އެއްވަރު
ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އާޖެންޓީނާ އާއި ޕެރެގުއޭ ބައްދަލުކުރި މެޗު އާޖެންޓީނާއިން ކާޏިޔާބު ކޮށްފިއެވެ.

މި މެޗު އާޖެންޓީނާއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ ތިންވަނަ މިނެޓުގައި އާޖެންޓީނާއަށް ކާމިޔާބު ކޮށްދިނީ ޑިފެންޑަރު ނިކޯލާސް އޮޓަމެންޑިީއެވެ. 

އާޖެންޓީނާ މޮޅުވި މި މެޗުގައި އެޓީމުގެ ތަރި ލިއޮނެލް މެސީ ކުޅެން ނުކުތީ ދެވަނަ ހާފުގައެވެ. މެޗުގެ 53 ވަނަ މިނެޓުގައި އޮޓަމެންޓީގެ ބަދަލުގައި ކުޅެން އަރާ، މެސީ ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ ފަހު ވަގުތުގައި މެސީ ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ގޯލުގެ ދަނޑިއާއެވެ. 

އެމެރިކާ ބައްރުގެ ކޮލިފިކޭޝަންގައި ބްރެޒިލް އާއި ވެނެޒުއޭލާވެސް ވަނީ މިއަދު ވާދަކޮށްފައެވެ. މި މެޗު ނިމުނީ ކޮންމެ ޓީމަކުންވެސް ލަނޑެއްޖަހާ އެއްވަރު ވެގެންނެވެ. ފުރަތަަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. 

ދެވަނަ ހާފުގައި ބްރެޒިލްއަށް ލީޑު ނަގައިދިނީ ޑިފެންޑަރު ގަބްރިއެލް މަގަޅޭސްއެވެ.  ނަމަވެސް މެޗު ނިމެން ފަސް މިނެޓަށްވެފައި ވަނިކޮށް އެޑުއާޑް ބެލޯ ވަނީ ވެނެޒުއޭލާއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް