ads
ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން---ފޮޓޯ: ސޯޝަލް މީޑިއާ
ފައިސާ ނުދައްކައިގެން ނިހާންގެ އެޕާޓްމެންޓް ވިއްކާލަނީ
ލޯން ފައިސާ ނުދައްކައިގެން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސެއިން މަނިކުގެ އެޕާޓްމެންޓެއް ވިއްކާލުމުގެ ހުއްދަ، ސިވިލް ކޯޓުން ދީފިއެވެ.

މިއީ އިސްލާމިކް ބޭންކް މެދުވެރިކޮށް ހުޅުމާލޭ، ޕްލެޓިނަމް ރެސިޑެންސްގެ އެޕާޓްމެންޓެއް، ނިހާން ހަތަރު މިލިއަން ރުފިޔާގެ ލޯނެއް މެދުވެރިކޮށް ހޯއްދެވި މައްސަލައެވެ. 

މި ލޯނު، އެއްބަސްވުމާ އެއް ގޮތަށް ނިހާނު އަދާކުރަމުން ނުދާތީ، ލޯނަށް ރަހުނު ކޮށްފައިވާ އެޕާޓްމެންޓް ވިއްކާލުމުގެ ހުއްދައަށް އިސްލާމިކް ބޭންކުން ކޯޓުގައި އެދުމުން، ސިވިލް ކޯޓު ހުޅުމާލޭ ޑިވިޝަނުން މިދިޔަ ހަފްތާގައިވަނީ ހަ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާ ހަލާސް ނުކޮށްފިނަމަ އެޕާޓްމެންޓް ވިއްކާލުމުގެ ހުއްދަ ދީފައެވެ. 

އެ އެޕާޓްމެންޓަކީ އިސްލާމިކް ބޭންކުން ދޫކޮށްފައިވާ ފެސިލިޓީއަށް ރަހުނު ކޮށްފައިވާ ފްލެޓެކެވެ. އިސްލާމިކް ބޭންކުން ނިހާނަށް ދޫކޮށްފައިވަނީ 4،023،314.19 (ހަތަރު މިލިއަން ތޭވީސް ހާސް ތިން ސަތޭކަ ސާދަ ރުފިޔާ ސާޅީސް ނުވަލާރި)އެވެ. 

މީގެ ތެރެއިން ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ އަދިވެސް ނުދައްކައެވެ.

ސިވިލް ކޯޓުން މި މައްސަލައިގެ ހުކުމްކޮށްފައިވަނީ ނިހާނުގެ ގައިރު ހާޒިރުގައެވެ. އެއީ މައްސަލައާ ގުޅޭ ކޯޓުގެ ޗިޓާ ހަވާލުވިނަމަވެސް ކޯޓަށް ހާޒިރު ނުވުމުން ކަމަށް ސިވިލް ކޯޓުގެ ރިޕޯޓުގައި ބުނެފައިވެއެވެ.

ފައިސާ ނުދައްކައިގެން ނިހާނުގެ އެޕާޓްމެންޓް ވިއްކާލަން ކޯޓުން ހުއްދަ ދިންއިރު، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ނިހާން ހަސަން މަނިކުގެ މައްޗަށް ވަނީ ކްރިމިނަލް ކޯޓުގައި ހަ ދައުވާއެއް އުފުލާފައެވެ. އެއީ ރިޝްވަތު ހިފުމުގެ ކުށުގެ ތިން ދައުވާއާއި, ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދެ ދައުުވާއާއި, މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެކެވެ.

73%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
2%
ވަރަށް ސަލާމް
ކޮމެންޓްސް