ads
އިންތިހާބީ ރައީސް އަދި މާލޭ ސިޓީގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު: މޭޔަރުގެ ހައިސިއްޔަތުން މާލެ ސިޓީ ކައުންސިލާއި މުވައްޒަފުންނާ އެކު ވަދާއީ ބައްދަލުވުން މިރޭ ބާއްވަވާނެ - ފޮޓޯ:މާލެ ސިޓީ ކައުންސިލް
މާލޭ ކައުންސިލާ އެކު މޭޔަރު މުއިއްޒު ބާއްވާ ވަދާއީ ބައްދަލުވުން މިރޭ
އިންތިހާބީ ރައީސް އަދި މާލޭ ސިޓީގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުގެ ހައިސިއްޔަތުން މާލެ ސިޓީ ކައުންސިލާއި މުވައްޒަފުންނާ އެކު ވަދާއީ ބައްދަލުވުން މިރޭ ބާއްވަވާނެއެވެ.

މުއިއްޒުގެ މި ބައްދަލުވުން ބޭއްވުމަށް ނިންމަވާފައިވަނީ ދަރުބާރުގޭގައި މިރޭ 8:30 ގައެވެ.
މާލޭ މޭޔަރުގެ ހައިސިއްޔަތުން ވަދާއީ ބައްދަލުވުމަކަށް މިރޭ މުއިއްޒު ވަޑައިގަންނަވާއިރު، މީގެކުރިން ވަނީ އިންތިހާބީ ރައީސް ކަމަށް ހޮވިވަޑައިގަތުމާ ގުޅިގެން މޭޔަރުގެ ޒިންމާތައް ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝަށް ދޫކޮށްލައްވާފައެވެ.
ރާއްޖޭގެ ތާރީހުގައި އެމްޑީޕީއަށް ނިސްބަތް ނުވާ ފުރަތަމަ މާލޭގެ މޭޔަރަކީ މުއިއްޒެވެ. މާލޭގެ މޭޔަރުކަން މިހާތަނަށް ކުރެއްވި ސަރަނގު އާދަމް މަނިކާއި މުހައްމަދު ޝިހާބާއި މައިޒާން އަލިމަނިކާއި ޝިފާ މުހައްމަދަކީ މާލެއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅުންނެވެ. ހއ. ވަށަފަރަށް ނިސްބަތްވެ ވަޑައިގަންނަވާ މުއިއްޒަކީ މޭޔަރު ކަމުގެ މަގާމުން ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާ ފުރަތަމަ ފަރާތެވެ.
އިންތިހާބީ ރައީސް މުއިއްޒު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރައްވާ އެ މަނިކުފާނުގެ ރިޔާސީ ދައުރު ފައްޓަވާނީ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އޭނާ ރައީސް ކަމުގެ ހުވާކުރެއްވުމާ އެކު، މާލޭގެ މޭޔަރުގެ މަގާމު ހުސްވާނެއެވެ.  
މާލޭގެ މޭޔަރުގެ މަގާމަށް ބޭފުޅަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުގެ ކުރިން ބާއްވަން ޖެހެއެވެ. އެ މަގާމަށް އެމްޑީޕީން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި ޑިމޮކްރެޓްސްއިން މާލޭ ސިޓީ ކައުންސިލުގެ މެންބަރު ސައިފް ފާތިހުގެ އިތުރުން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރީގެ ސީޕީ ހުސައިން ވަހީދު ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް