އެމްއެންޑީފުން މައުލޫމާތުދޭ ގޮތުގައި ދަނގެތިން މީހަކު ގެއްލުނުކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު 11:42 ހާއިރު ކަމުގައެވެ. އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓުގާޑުން މިހާރު ވަނީ ފަށާފައެވެ.
މައުލޫމާތު ލިބޭގޮތުން ދަނގެތިން ގެއްލިގެން ހޯދަމުން އަންނަނީ އެ ރަށު، ޔޫސުފް އިބްރާހިމް ނަމަކަށް ކިޔާ މީހެކެވެ. އޭނާއަކީ 65 އަހަރުން މަތީގެ އުމުރުން ދުވަސްވީ މީހެކެވެ.
ޔޫސުފަކީ އާންމުކޮށް ވަރަށް ގިނައިން މަހަށްދާ މީހެއް ކަމަށާއި އޭނާ މަހަށް ގޮސް އުޅެނީ އެކަނި ކަމަށްވެއެވެ. އެގޮތުން ޔޫސުފް މިއަދު މަހަށް ނިކުމެފައިވަނީ ފަތިހު ކަމަށާއި އޭގެ ފަހުން އޭނާގެ ހަބަރެއް ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.
ޔޫސުފް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އާއި ފުލުހުންގެ އިތުރުން ރަށުގެ ރައްޔިތުން ގުޅިގެން އަންނަނީ ކުރަމުންނެވެ.