ads
ދަގަނޑޭ ސާފް ޗެމްޕިއަންޝިޕުގައި
އެފްއޭއެމްގެ ރައީސް ކަމަށް ދަގަނޑޭ؟؟
ބޮއްސުންލާފައިވާ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ކަމަށް ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު ގެންނަން ސޯޝަލް މީޑިއާ ކެމްޕެއިނެއް ބަޔަކު ފަށައިފިއެވެ.

"ދަގަނޑޭ ފޯ އެފްއޭއެމް" ގެ ނަމުގައި ފޭސްބުކްގައި މިއަދު ކެމްޕެއިނެއް ފަށާފައިވާއިރު، މިއީ ކޮން ބަޔަކު އިސްވެ ތިބެ ކުރާކަމެއް ކަމަށް އަދި ސާފެއް ނުވެއެވެ. އެހެންނަމަވެސް އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލާ ދެކޮޅަށް ފުޓްބޯޅަ އާއިލާގެ ގިނަ ބަޔަކުވަނީ އަޑު އުފުލަން ފަށާފައެވެ. 

"ދަގަނޑޭ ފޯ އެފްއޭއެމް" އާ ގުޅޭ ގޮތުން ދަގަނޑޭ އަދި މިހާތަނަށް ވާހަކަ ދައްކާފައެއް ނުވެއެވެ. އެހެންނަމަވެސް އަންނަ އަހަރު އޮންނަ އެފްއޭއެމްގެ އިންތިހާބުގައި ބައްސާމާ ދެކޮޅަށް، ދަގަނޑޭގެ ވަރަށް ގާތް މީހުން ޓީމެއް ހަދައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އަދި ނަން ހާމަ ކުރަން ނޭދޭ ފުޓްބޯޅަ ފެމިލީގެ އިސް މީހަކު ބުންޏެވެ. 

އެފްއޭއެމްގެ ރައީސް ކަމަށް ދަގަނޑޭ ގެންނަން ބަޔަކު ސޯޝަލް މީޑިއާ ކެމްޕެެއިނެއް ފަށާފައިވާއިރު، ދިވެހި ފުޓްބޯޅަވަނީ ބައްސާމުގެ ރިޔާސަތުގައި މިއިން ދުވަހަކު ނުވެއްޓޭ ލެވެލްއަށް ދަށަށް ވެއްޓިފައެވެ. އަދި މާލީ ގޮތުން އެފްއޭއެމް މިއަދުވަނީ ބޮޑު އަދަވަޅަކަށް ވެއްޓިފައެވެ. 

85%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް