އަންނަ އަހަރު ޖަރުމަންގައި އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ޕޯޗުގަލް ކޮލިފައިވީ ރޭ ސްލޮވާކިއާ އަތުން 3-2 އިން މޮޅުވެގެންނެވެ.
ސްލޮވާކިއާ އަތުން ޕޯޗުގަލް މޮޅުވި މެޗުގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ދެ ގޯލު ޖަހައިފަ އެވެ. މި ދެ ގޯލާ އެކު އޭނާ ގައުމީ ޓީމަށް ޖެހި ގޯލުގެ އަދަދު ވަނީ 125 އަށް އަރައިފަ އެވެ.
ރޭ ކުޅުނު ކޮލިފައިން މެޗުތަކާއެކު ފްރާންސް އަދި ބެލްޖިއަމްވެސްވަނީ އަންނަ އަހަރުގެ ޔޫރޯއިން ފުރުސަތު ހޯދާފައެވެ.