ads
ފެނަކައިގެ މުވައްޒަފުން މަސައްކަތުގައި: ސަރުކާރުގެ ކުންފުނިތަކުގައި 32،576 މުވައްޒަފުން ތިބިއިރު، ފެނަކައިގައި 7،379 މުވައްޒަފުން އެބަތިބި - ފޮޓޯ:ފެނަކަ
ސަރުކާރުގެ ކުންފުނިތަކުގައި 32،576 މުވައްޒަފުން، ފެނަކައިގައި 7،379 މުވައްޒަފުން
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ދެ ގުނަ އާ ގާތްކުރާ އަދަދަކަށް އިތުރުވެ، ފެނަކައިގައި 7،379 މުވައްޒަފުން ތިބި ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އާއްމު ކުރި ލިޔުމަކުން ހާމަވެއްޖެ އެވެ.

ޕީސީބީން އާންމުކުރި ސަރުކާރު ކުންފުނިތަކުގެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުގައި ބުުނެފައިވާ ގޮތުން އެ ކުއާޓަރާ ހަމައަށް ސަރުކާރު ކުންފުނިތަކުގައި 32،576 މުވައްޒަފުން އެބަތިއްބެވެ. ޕީޕީއެމްގެ ފުރަތަމަ ވެރިކަން ނިމުނުއިރު އެ ކުންފުނިތަކުގައި ތިބީ 18,676 މުވައްޒަފުންނެވެ.

މި ހިސާބުތަކަށް ބަލާއިރު އެމްޑީޕީގެ ދެވަނަ ވެރިކަމުގައި 13,900 ވަޒީފާ ސަރުކާރު ކުންފުނިތަކުން ވަނީ އުފައްދާފައެވެ.

ޕީސީބީން ބުނެފައިވަނީ މި ރިޕޯޓު ތައްޔާރު ކުރިއިރު މުވައްޒަފުންގެ އަދާހަމަ މައުލޫމާތު ދިރާގު، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އަދި ވެމްކޯއިން ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން އެ ބޯޑުން ނެރުނު ރިޕޯޓުގައި ހިމަނާފައި ވަނީ އެ ކުންފުނިތަކުގައި މިދިޔަ އަހަރުގެ ނިޔަލަށް ތިބި މުވައްޒަފުންގެ އަދަދުތަކެވެ.

ޕީސީބީގެ ހިސާބުތައް ދައްކާގޮތުން ގިނަ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަނީ އަމިއްލައަށް ފުދިގެން އުޅެވޭ ކުންފުނިތަކުގައެވެ. އެފަދަ ކުންފުނިތަކުގައި 29,365 މުވައްޒަފުން ތިބިއިރު، ދައުލަތުގެ މާލީ އެހީތެރިކަމާ އެކު ހިންގަމުން އަންނަ ކުންފުނިތަކުގައި 3,211 މުވައްޒަފުން އެބަތިއްބެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ މުވައްޒަފުން ގިނައީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) ގައެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރާ ހަމައަށް އެ ކޯޕަރޭޝަނުގައި 7,379 މުވައްޒަފުން ތިބިއިރު 2018 ވަނަ އަހަރު އެ ކުންފުނީގައި ތިބީ 2،756 މުވައްޒަފުންނެވެ. އެއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 62 އިންސައްތައިގެ އިތުރުވުމެކެވެ.

މިދިޔަ މާޗް މަހާ ހަމައަށް ދެވަނައަށް އެންމެ ގިނަ މުވައްޒަފުން ތިބީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގައެވެ. އެ ކުންފުނީގައި 4,115 މުވައްޒަފުން އެބަތިއްބެވެ.

38%
ކަމުގޮސްފި
38%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް