ads
މޫލީން ވަނީ ޑިވައިސް ފްލޭޝް ސޭލްގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށާފައި - ފޮޓޯ:ޖީއެސްއެމްއެރީނާ
މޫލީން "ޑިވައިސް ފްލޭޝް ސޭލް" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް
އޮންލައިންކޮށް ވިޔަފާރި ކުރެވޭ މޫލީ ޕްލެޓްފޯމުން "ޑިވައިސް ފްލޭޝް ސޭލް" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
Advertisement

އުރީދޫ މޯލްޑިވްސްއިން ބުނީ މި ޕްރޮމޯޝަނުގެ ދަށުން މަގުބޫލް ބްރޭންޑްތަކުގެ ސްމާޓް ފޯނާއި އެކްސެސަރީޒް، ޑިސްކައުންޓާ އެކު ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގަނެވޭނެ ކަމަށެވެ.

މި ޕްރޮމޯޝަނުގައި އެޕަލް މެގްސޭފް ޗާޖަ، އައިޕެޑް، މެކްބުކް ޕްރޯ، އައިފޯން 13، 12 އަދި 11 ގެ ޕްރޯ މެކްސް، އައިފޯން އެކްސް އެސްގެ އިތުރުން ސެމްސަންގްގެ މަގުބޫލު ފޯނުތައް ގަނެވޭނެ ކަމަށް އުރީދޫން ބުނެއެވެ. އުރީދޫން ބުނެފައިވަނީ މި ޕްރޮމޯޝަނުގެ ދަށުން ލިބެންހުރި ޑިވައިސްތައް، މިހާރު ހަތް އިންސައްތައިގެ ޑިސްކައުންޓާ އެކު މޫލީ ވެބްސައިޓް www.moolee.mv މެދުވެރިކޮށް ގަނެވޭނެ ކަމަށެވެ. މޫލީ މެދުވެރިކޮށް ގަތުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށް މުޅިން ހިލޭ ޑެލިވަރީ ކޮށްދޭއިރު، މިއީ ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިތުބާރު ހިފޭ ކޮލިޓީ ޕްރޮޑަކްޓް ހެޔޮ އަގުގައި ކޮންމެތާކު ކޮންމެ ވަގުތެއްގައި ފަސޭހަކަމާ އެކު ވިޔަފާރިކޮށްލެވޭނެ ފުރިހަމަ ޕްލެޓްފޯމެއް ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނި ގޮތުގައި ފުޅާވަމުން އަންނަ އޮންލައިންކޮށް ވިޔަފާރިކުރެވޭ މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިން ތަޖުރިބާއެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން އޮންލައިން ޕޭމަންޓާއި އީޒީ ރިޓާންސް މޫލީއިން ފޯރުކޮށްދޭ ކަމުގައެވެ. މި ޕްލެޓްފޯމުގެ ހާއްސަ އަނެއް ކަމަކީ، ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާ އެކު ކުރިއަށްވުރެ ގިނަ ކަސްޓަމަރުންނާ މުއާމަލާތް ކުރުމުގެ ފުރުސަތު ފަހިވެ، ޑެލިވަރީ ހިދުމަތް ލިބުން ކަމަށް އުރީދޫން ބުނެއެވެ. އެ ކުންފުނިން ބުނީ މި ހިދުމަތްތަކާ އެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރިތަކުން ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ވަނީ ފަހިވެފައި ކަމަށެވެ.

your imageމޫލީން ވަނީ ޑިވައިސް ފްލޭޝް ސޭލްގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށާފައި - ފޮޓޯ:އުރީދޫ

ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ހިދުމަތްދޭން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް މޫލީއިން ވަނީ އެ ފުރުސަތު ހުޅުވާލާފައި ކަމަށް އުރީދޫން ބުނެއެވެ. އުރީދޫން ބުނެފައިވަނީ އިތުރު ފަރާތްތަކުން މޫލީ އާ ގުޅެމުންދާއިރު، މި ޕްލެޓްފޯމް އޮތީ ކުރިއަށް ވުރެ ގިނަ ކަސްޓަމަރުންނަށް، ކުރިއަށް ވުރެ ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށްދިނުމަށް ތައްޔާރުވެގެން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް