ads
އިންޑިޔާގެ ބޮޑުވަޒީރު މޯދީ، ކްރިކެޓް ތަރި ރޯހިތް އަދި ވިރާތްއާއެކު
އިންޑިޔާއިން 2036 ވަނަ އަހަރުގެ އޮލިމްޕިކްސްއަށް ބިޑްކުރަނީ
އިންޑިޔާއިން، 2036 ވަނަ އަހަރުގެ އޮލިމްޕިކް ގޭމްސް ހޮސްޓް ކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

އިންޑިޔާއިން 2036 ވަނަ އަހަރުގެ އޮލިމްޕިކް ގޭމްސް ހޯސްޓްކުރުމަށް ޝައުގުވެރިވާކަން ހާމަކުރީ، އިންޑިޔާގައި އޮތް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ރަސްމީ ބައްދަލުވުމުގެ އޯޕެނިންގ ސްޕީޗުގައި އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ދެއްކެވި ވާހަކަފުޅުގައެވެ. މޯދީ ވިދާޅުވީ، 2036 ވަނަ އަހަރުގެ އޮލިމްޕިކްސް އިންޑިޔާގައި ބޭއްވުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ. 

އިންޑިޔާގައި މިހާތަނަށް އަދި އޮލިމްޕިކް ގޭމްސް ބާއްވާފައެއް ނުވެއެވެ. އެހެންނަމަވެސް 2010 ވަނަ އަހަރުގެ ކޮމަންވެލްތް ގޭމްސް އަދި 17 އަހަރުން ދަށުގެ ފީފާ ވޯލްޑްކަޕް އިންޑިޔާގައި ބާއްވާފައިވެއެވެ. 

2036 ވަނަ އަހަރުގެ އޮލިމްޕިކްސް އިންޑިޔާގައި ބާއްވަން އެ ގައުމުން ޝައުގުވެރިކަން ފާޅުކުރިއިރު، މެކްސިކޯ އަދި އިންޑޮނީޝިއާއިންވެސްވަނީ 2036 ވަނަ އަހަރުގެ އޮލިމްޕިކްސް ބޭއްވުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. މީގެ އިތުރުން ޕޮލެންޑުންވެސްވަނީ 2036 ވަނަ އަހަރުގެ އޮލިމްޕިކްސް ހޯސްޓްކުރުމަށް ޝައުގުވެރިކަން ހުރިކަން ފާޅުކޮށްފައެވެ. 

ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު އޮންނަ ކުޅިވަރުގެ ބޮޑު އީދު ކަމަށްވާ އޮލިމްޕިކްސް ދެން އެންމެ އަވަހަށް އޮންނާނީ އަންނަ އަހަރު ޕެރިހުގައެވެ. އަދި އޭގެ ފަހުން 2028 ވަނަ އަހަރު އެމެރިކާގެ ލޮސް އެންޖަލިސްގައި އަދި އެއަށް ފަހު 2032 ވަނަ އަހަރު އޮންނާނީ ބްރިސްބޭންގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް