ads
ޕިންކް ރިބަން ރަން ވޯކް ކާމިޔާބުކަމާ އެކު ނިންމާލުން - ފޮޓޯ:ބީއެމްއެލް
'ޕިންކް ރިބަން ރަން ވޯކް' ކާމިޔާބުކަމާ އެކު ނިންމާލައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އާ ގުޅިގެން ބޭއްވި 'ޕިންކް ރިބަން ރަން ވޯކް' ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.

ގިނަ އަދަދެއްގެ ބައިވެރިންނާ އެކު ހޮނިހިރު ދުވަހު ހަވީރު ހުޅުމާލެ އަދި ރާއްޖޭގެ ރަށްތަކުގައި މި ހަރަކާތް ވަނީ ކުރިއަށް ގެންގޮސްފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލްގެ މާލީ އެހީތެރިކަމާ އެކު، ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށާއި ކެންސަރު ބަލީގައި ފަރުވާ ހޯދަމުންދާ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކަށް ފޯރުކޮށްދެމުންދާ ސައިކޯސޯޝަލް ސަޕޯޓުގެ ހިދުމަތްތަކަށް އެހީވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ސީއެސްއެމުން އަންނަނީ ކުރަމުންނެވެ.  އޭގެ އިތުރުން އެ ޖަމިއްޔާއިން އަތޮޅުތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސްކްރީނިން ޕްރޮގްރާމަށްވެސް ބީއެމްއެލުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ބީއެމްއެލުން އަންނަނި 2016 ވަނަ އަހަރުން ފެށިގެން ސީއެސްއެމް އަދި ޕިންކް ރިބަން ރަން-ވޯކްއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް