ads
އިމިގްރޭޝަން ވޮޗަށް ހުށަހެޅި މައްސަލަތައް 1000 ހުން މައްޗަށް
އިމިގްރޭޝަން ވޮޗް އަށް މިހާތަނަށް 1000އަށް ވުރެ ގިނަ މައްސަލަ ހުށައަޅާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.
Advertisement

އިމިގްރޭޝަނުން ހާމަކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ނޮވެމްބަރު މަހުގެ ނިޔަލަށް އިމިގްރޭޝަން ވޮޗަށް 1017 މައްސަލަ ހުށައަޅާފައިވާކަމަށާއި މީގެތެރޭގައި އެންމެ ގިނައިން ހުށައަޅާފައިވަނީ ބިދޭސީ މަސައްކަތްތެރިން ގާނޫނާއި ގަވައިދާއި ހިލާފަށް ވިޔަފާރިކުރާ މައްސަލަތައް ކަަމަށް އިމިގްރޭޝަނުން ބުނެއެވެ. އެގޮތުން އެފަދަ 239 މައްސަލަ ހުށައަޅާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.

ވޯކް ވިސާއާ ގުޅޭ 239 މައްސަލަ ހުށަހަޅާފަވާއިރު ހަށިވިއްކުމުގެ 65 މައްސަލައެއްވެސް މިހާތަނަށް އިމިގްރޭޝަން ވޮޗަށް ހުށައަޅާފައިވެ އެވެ. އަދި ވަޒީފާއަށް ފިލުމުގެ 41 މައްސަލަ ރިޕޯޓުކޮށްފައިވާއިރު ޓޫރިސްޓް ވިސާއާ ހިލާފުވި 14 މައްސަލައެއްގެ އިތުރުން އެމްޕްލޯޔަ ސްޕޮންސާއާ ހިލާފުވި 12 މައްސަލަ އެއް ހުށަހަޅާފައިވާކަމަށް އިމިގްރޭޝަނުން މައުލޫމާތުދެ އެވެ.

ވިސާގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރި 12 މައްސަލަ، އެކި ބާވަތުގެ ކުށް ކުރުމުގެ 11 މައްސަލަ އަދި މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރި ކުރުމުގެ 10 މައްސަލައެއް ވަނީ ރިފޯޓުކޮށްފައިކަަމަށް އިމިގްރޭޝަނުން ބުނެ އެވެ.

އޭގެއިތުރުން އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް ބޭނުންކުރަމުން އައި 8 ތަނެއްގެ މައްސަލައިގެ އިތުރުން ހިއުމަން ޓްރެފިކިންގެ 7 މައްސަލަ، ބްލެކްމާކެޓުގައި ބޭރު ފައިސާ މާރުކުރުމުގެ 7 މައްސަލަ ލިބިފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކުރި މައުލޫމާތުގައި ވެއެވެ. 

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓް ކުރުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި ހާއްސަ އޮންލައިން ޕްލެޓްފޯމެއް މޯލްޑިވްސް އިމިގްރޭޝަނުން ތައާރަފުކުރީ މިއަހަރުގެ ޖުލައި މަހުގެ 17ވަނަ ދުވަހުގައެވެ. އެގޮތުން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ބިދޭސީންނަށް އަމާޒުކޮށް ޓާސްކުފޯހުން ގިނަ އޮޕަރޭޝަންތަކެއް މިހާރުވެސް ކުރިއަށްގެންދެ އެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެ މަސައްކަތުގެ ދަށުން މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް