ads
ސީޕީ މުހައްމަދު ހަމީދު
"ފުރަތަމަ ޖެހުނީ ފުލުހުންގެ ތެރޭގަ އިސްކޮށް ތިއްބެވި އޮފިސަރުން އެއްބައިވަންތަކުރަން"
މަގާމާ ހަވާލުވެ ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ޖެހުނީ ފުލުހުންގެ ތެރޭގަ އިސްކޮށް ތިއްބެވި އޮފިސަރުން އެއްބައިވަންތަކުރަން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވެއްޖެއެވެ.
Advertisement

ފުލުހުންގެ އިންޓާނަލް ބްލޮގެއްގައި އެމްސީ ވިދާޅުވެފައިވަނީ، އޭނާ ފުލުހުންގެ ކޮމިޝަނަރުކަމާ ހަވާލުވެ ވަޑައިގަތްއިރު ފުލުހުންގެ އަގު ވަރަށް ބޮޑަށްވެއްޓިފައިވާކަމަށެވެ. 

"އަޅުގަނޑު މަގާމާ ހަވާލުވި ދަނޑިވަޅަކީ މުއައްސަސާގެ އަގު ވަރަށް ބޮޑަށް ވެއްޓިފައި އޮތް ވަގުތެއް، އަޅުގަނޑަށް ޖެހުނީ އަޅުގަނޑުގެ ވެސް އަމިއްލަ ތައައްސަބު އެއްފަރާތް ކޮށްފައި އިސްކޮށް ތިބި އޮފިސަރުން އެއްބައިވަންތަކުރުމަށްފަހު ޒިންމާތައް އަދާކުރަން،" - ސީޕީ އެމްސީ ހަމީދު-

އޭނާ ވިދާޅުވީ އޭނާ ކޮމިޝަނަރުކަމުގެ މަގާމު އަދާކުރެއްވުމުގަ އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވީ 2012 ވަނަ އަހަރު ކެރިއަރުގަ ޖެހުނު ލައްގަނޑުކަަށެވެ. އެއީ ފުލުހުންގެ ސިއްރު މައުލޫމާތު ލީކުކުރިކަމަށް ތުހުމަތުކޮށް 2013 ވަނަ އަހަރު އިދާރީ ފިޔަވަޅެއް އޭނާގެ މައްޗަށް އެޅުމެވެ. 

"އަޅުގަނޑުގެ ނަސީބު އެއީ، އުމުރުން އެންމެ 17 އަހަރުގައި ހިތްޖެހުނު މުއައްސަސާއަށް އެނބުރި އައިސް ހިދުމަތް ކުރުމުގެ ފުރުސަތު ލިބުން،"

 

އިދާރީ ފިޔަވަޅަށްފަހު އަލުން މަސައްކަތް ކުރެއްވުމަށް ފުރުސަތު ލިބިލެއްވުމާއި ގުޅޭގޮތުން ހަމީދު ވިދާޅުވިއެވެ.

އިދާރީ ފިޔަވަޅުގެ މައްސަލަ ސީޕީ ހަމީދު ސިވިލް ކޯޓަށް ހުށަހެޅުމުން، ކޯޓުން ހުކުމްކުރީ އޭނާއަށް ވަޒީފާ އަނބުރާ ދިނުމަށެވެ. ނަމަވެސް ހައިކޯޓުން ހަމީދާ ދެކޮޅަށް އަނެއްކާވެސް މައްސަލަ ނިންމިއެވެ. އަދި 2018 ވަަނަ  އަހަރު އޭނާ އަލުން ސުޕްރީމް ކޯޓުން މައްސަލަ ރިވިއުކުރެއްވިއެވެ. ސުޕްރީމް ކޯޓުން ވެސް ނިންމީ ދަށު ކޯޓާއެއްގޮތަށް ހަމީދަށް އަލުން ވަޒީފާ ދޭންޖެހޭނެކަމަށެވެ. 


ކުރިއަށް މި އޮތް މަސް ދުވަހުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތުން ޝަރަފުވެރިކަމާ އެކު ވަކިވެވަޑައިގަންނަވާނެ ކަމަށް ހަމީދު ވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ އިސްވެރިން ހިމެނޭ އެ މުއައްސަސާގެ ޕްލެޓްފޯމަކަށް ސީޕީ ހަމީދު ފޮނުއްވެވި ދިގު މެސެޖެއްގައި ވަނީ 2012 ވަނަ އަހަރު ފުލުހުންގެ ހިދުމަތުން އޭނާ ވަކި ކުރެއްވުމާއި އަލުން ހިދުމަތާއި ގުޅިވަޑައިގެންނެވުމަށް ފުރުސަތު ލިބިވަޑައިގެންނެވި ގޮތާ ގުޅޭގޮތުން އަލިއަޅުއްވާލައްވާފައެވެ.

 ހަމީދުގެ މެސެޖުގައި މިދިޔަ ހަތަރު އަހަރާއި ހަ މަސް ދުވަހުގެ ތެރޭގައި އޭނާގެ ލީޑާޝިޕްގައި ފުލުހުންގެ ހިދުމަތް ތަރައްގީ ކުރުމަށް ކުރެއްވި މަސައްކަތްތައް ވަނީ ފާހަގަ ކުރައްވާފައެވެ.


ފުލުހުންގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާ ކުރައްވާ ހަމީދު ވިދާޅުވީ އޭނާ މިހާރު ތައްޔާރުވަމުން އަންނަނީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފުލުހުންގެ ހިދުމަތުން ޝަރަފުވެރިކަމާ އެކު ވަކިވެވަޑައިގެންނެވުމަށް ކަމަށެވެ.


ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދައުރު އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށް ހަމަވުމުގެ ކުރިން މަގާމުން ރިޓަޔާ ކުރައްވާނެ ކަމަށް ހަމީދުގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ. ހަމީދު ވިދާޅުވި ގޮތުގައި އޭނާ ރިޓަޔާ ކުރައްވާނެ ތާރީހެއް ކަަމަށް ލަފާ ކުރެވެނީ ނޮވެމްބަރު 11 ވަނަަ ދުވަހުއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް