ads
މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ސައީދު އިސްކޮށް ހިމަނުއްވައި ޑރ. މުއިއްޒުގެ ބަޖެޓު ކޮމެޓީ އެކުލަވާލައިފި
އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު އެކުލަވާލުމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ކޮމެޓީއެއް އެކުލަވާލައްވައިފިއެވެ.

އެ ކޮމެޓީގަ ހިމެނެނީ އަށް މެންބަރުންނެވެ. ކޮމެޓީގެ ޗެއާއަކަށް ހަމަޖެއްސަވާފައިވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސީދެވެ. 

އިންތިހާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ ބަޖެޓް އެކުލަވާލުމަށް އިންތިހާބީ ރައީސް އެކުލަވާލެއްވި ކޮމިޓީގައި ތިއްބަވާ ބޭފުޅުންގެ އަދަދު އަށަކަށް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ. 

  • މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު
  • ކުރީގެ ނައިބު ރައީސް އަދި ކުރީގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު
  • މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ގައްސާން މައުމޫން
  • ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު
  • ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު
  • އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު
  • އިކޮނޮމިކްގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ލުވޭޒް
  • ޕެންޝަން އޮފީހުގެ ކުރީގެ ބޯޑް މެންބަރު އަބްދުލް ހަލީމް އަބްދުއްލަތީފް

ތަރުޖަމާން ފިރުޒުލް ވިދާޅުވެފައިވާގޮތުން އަންނަ އަހަރުގެ ލަފާކުރާ ބަޖެޓު އެކުލަވާލުމަށް ފިނޭންސް މިނިސްޓްރީގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމާމެދު ހިތްހަމަޖެހެއެވެ. އަދި ދައުލަތުގެ މުއައްސަސާތަކުން ވެސް އެކަށީގެންވާ އެއްބާރުލުމެއް ލިބޭކަމަށް ފިރުޒުލް ވިދާޅުވިއެވެ. 

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
80%
ވަރަށް ސަލާމް
ކޮމެންޓްސް