ކުރިން އެމްޑީޕީގައި ހުންނެވި އަޒުހަރު ޕީއެންސީއާ ގުޅިވަޑައިގަތުމަށްފަހު އޭނާގެ ފޯމު ވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ މިއަދު ހަވާލު ކުރައްވާފަ އެވެ.
ފުޅަދޫ ކައުންސިލްއަށް އަކީ މީގެ ކުރިން ފުލް މެޖޯރިޓީ އެމްޑީޕީއަށް އޮތް ކައުންސިލްއެކެވެ. ނަމަވެސް އެ ކައުންސިލްގެ ރައީސް ޕީއެންސީއަށް ސޮއިކުރެއްވުމުން އެމްޑީޕީއަށް އޮތް ފުލް މެޖޯރިޓީ މިހާރު މިވަނީ ގެއްލިފަ އެވެ.
ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާއެކު، ޕީއެންސީގެ ރައީސްކަމަށް ޑރ. މުއިއްޒު ވަނީ އިންތިހާބު ކުރައްވާފަ އެވެ.
ރައީސް ކަމުގަ ހުންނެވި އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގަ މުއިއްޒު ކުރި ހޯއްދެވީ 10 ޕަސަންޓުގެ ތަފާތަކުންނެވެ. ރައީސް ސޯލިހަށް 45 ޕަސަންޓު ލިބިވަޑައިގެންއިރު މުއިއްޒު ވަނީ 55 ޕަސަންޓު ކަށަވަރުކުރައްވާފައެވެ.