ފީނަން އުޅުމުގެ ތެރޭގައި ނިޔާވެފައި ވަނީ އެ ރަށު އުމުރުން 51 އަހަރުގެ އިސްމާއިލް މޫސާއެވެ. އޭނާ މޫދުން ފެނުމުން ފަރުވާ ދިނުމަށް ގެންގޮސްފައިވަނީ އެ އަތޮޅު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ފަރާތުން ބުނެފައިވާ ގޮތުގައި އެ ހޮސްޕިޓަލަށް އިސްމާއިލް ގެންދިޔައީ މިއަދު 3:15 ހާއިރު ކަމުގައެވެ. ހޮސްޕިޓަލަށް އޭނާ ގެނައިއިރުވެސް ނިޔާވެފައިވާ ކަމަށް އުނގޫފާރު ހޮސްޕިޓަލުން ބުނެއެވެ.
ޑޮކްޓަރުންނާ ހަވާލާދެއްވައި އެ ހޮސްޕިޓަލުން ބުނީ އިސްމާއިލް ނިޔާވެފައިވަނީ ފެތިގެން ކަމަށެވެ.