ads
ރައީސް މައުމޫން: އިންތިހާބީ ރައީސް މުއިއްޒު އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއަށް ވަނީ ތައުރީފުކުރައްވާފައި.
އިންތިހާބީ ރައީސް މުއިއްޒު އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއަށް މައުމޫނުގެ ތައުރީފު
ބައިނަލްއަގުވާމީ މީޑިއާއަކަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ފުރަތަމަ އިންޓަވިއުއަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތައުރީފު ކުރައްވައިފިއެވެ.

އަލްޖަޒީރާއަށް މުއިއްޒު ދެއްވި ހާއްސަ އިންޓަވިއާ ގުޅިގެން ރައީސް މައުމޫން މިއަދު އެކްސްގައި ވިދާޅުވީ އިންތިހާބީ ރައީސްގެ އިންޓަވިއު އެމަނިކުފާނު ބެއްލެވި ކަމަށާއި އެއީ ވަރަށް ފުރިހަމަ އިންޓަވިއުއެއް ކަމަށެވެ. މުއިއްޒުގެ ސަރުކާރަށް މަރުހަބާ ވިދާޅުވެ، ރައީސް މައުމޫން ވަނީ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. މުއިއްޒު ވަނީ ރައީސް މައުމޫންގެ އެކްސްއަށް ރިޕްލައި ކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.

އެ އިންޓަވިއު މުއިއްޒާ ކުރައްވާފައިވަނީ އަލްޖަޒީރާގެ ޕްރެސެންޓަރު ސާމި ޒެއިދަންއެވެ. އިންޓަވިއުގައި ރާއްޖޭގެ ސިޔާސީ މަސްރަހާއި އާ ސަރުކާރުގެ ސިޔާސަތުތަކާއި ގުޅޭގޮތުން މުއިއްޒާ ވަނީ ސުވާލުކޮށްފައެވެ.

މުއިއްޒު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިންގާފައިވާ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަށް ވުރެ ގިނައިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ކަަމަށް ވިދާޅުވެފައެވެ. މުއިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސަރުކާރުގެ ވެރިން ޖަވާބުދާރީ ކުރައްވާނެ ކަމަށާއި ދައުލަތުގެ ފައިސާ ގޯސް ގޮތަކަށް ބޭނުން ކުރުމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. 

އަލްޖަޒީރާއަށް ދެއްވި އެ އިންޓަވިއުގައި މުއިއްޒު ވިދާޅުވި ގޮތުގައި ރާއްޖޭގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ތިބެން ދިވެހި ރައްޔިތުން ބޭނުން ނުވާ ކަމުގައެވެ. ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ވެރިކަމުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ރާއްޖޭން ބޭލުމަކީ އެންމެ އުންމީދު ކުރައްވާކަން ކަމަށާއި އެ އަމާޒު ހާސިލުކުރުމަށް ވަރަށް ސީރިއަސް ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މުއިއްޒު ވިދާޅުވީ މި ސަރުކާރުން ގެންގުޅޭ ހާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން ލިބެމުންދާ ކަމަށެވެ. އަދި މިނިވަންކަން ރައްޔިތުންނަށް ކަށަވަރުކޮށް ނުދެވޭ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް