ބީޗް ގޭމްސްއަކީ ހދ. ކުޅުދުއްފުށި ސިޓީގެ ޑަބްލިއު ސްޕޯޓްސް އެކެޑަމީން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތްތަކެކެވެ. މި ގޭމްސް ކުރިއަށްދާނީ ކުޅުދުއްފުށި ސިޓީގެ ހިއްކި ސަރަހައްދުގައި ހުކުރު ދުވަހުގެ ނިޔަލަށެވެ. ގޭމްސް ރަސްމީކޮށް ފަށްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢެވެ.
ބީޗް ގޭމްސްގެ އޯޕަނިންގ ސެރެމަނީގެ ތެރެއިން ކުޅުދުއްފުށި ސިޓީގެ ތާރީހާ ސަގާފަތް ދައްކުވައިދިނުމުގެ އިތުރުން ގައުމީ ބޮޑީބިލްޑިން ޓީމުގެ ބައެއް އެތުލީޓުންގެ ހުށައެޅުންތަކެއް އޮތެވެ.
މި ގޭމްސްގެ ތެރެއިން ދެން ކުރިއަށްދާނީ ބީޗް ސޮކަރ، ބީޗް ހޭންޑްބޯލް، ބީޗް ވޮލީބޯލް، ބީޗް ނެޓުބޯޅައިގެ އިތުރުން ތްރީ އޮން ތްރީ ބާސްކެޓްބޯޅައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;