ads
ޔޮޓް ޓުއާސްގެ ޗެއާމަން އަބްދުﷲ ޖާބިރު
އަމިއްލަ ކޮމްޕެނީއަކަށް ބައި މިލިއަން ދައްކަން ޔޮޓް ޓުއާޒްއަށް ހުކުމެއް
އަމިއްލަ ކުންފުންޏަކުން ހޯދާފައިވާ ހިދުމަތްތަކަށް، ބައި މިލިއަނެއްހާ ރުފިޔާ ދައްކަން، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރުގެ ކުންފުނި ޔޮޓް ޓުއާރޒްގެ މައްޗަށް ހުކުމެއް ކޮށްފިއެވެ.

ސިވިލް ކޯޓުން އާދިއްތަ ދުވަހު، ޔޮޓް ޓުއާޒްގެ މައްޗަށް ކުރި ހުކުމަކީ، ލީޖަން ހޯލްޑިންސް ޕްރައިވެޓް ލިމިޓޭޑް ކިޔާ ކުންފުންޏަކާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހޯދާފައިވާ ހިދުމަތްތަކަށް ފައިސާ ނުދައްކައިގެން ކުރި ދައުވާއެއްގެ ހުކުމެކެވެ. 

މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި މި މައްސަލައާ ގުޅޭ ލިޔެކިޔުންތައް މި އަހަރުގެ އޭޕްރީލް މަހު ޔޮޓް ޓުއާޒް ކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ. އެހެންނަމަވެސް ޔޮޓް ޓުއާޒްއަށް ރައްދުވާ ގޮތަށް ކޮށްފައިވާ ދައުވާއަށް އެ ކުންފުނިން ޖަވާބު ދީފައެއް ނުވެއެވެ. 

ލީޖަން ހޯލްޑިންސްއާ ޔޮޓް ޓުއާޒްއާ ދެމެދު 2020 ވަނަ އަހަރު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ދޭން ޖެހޭ 425000(ހަތަރު ލައްކަ ފަންސަވީސް ހާސް ރުފިޔާ) ގެ މި މައްސަލައިގައި ޔޮޓް ޓުއާޒްގެ މައްޗަށް ކޯޓުން ހުކުމްކޮށްފައިވަނީ އެ ކުންފުނީގެ ގައިރު ހާޒިރުގައެވެ. 

ސިވިލް ކޯޓުގެ ގާޒީ އަހްމަދު އަބްދުލްމަތީން ކުރި މި ހުކުމުގައި ބުނެފައިވަނީ، ޔޮޓް ޓުއާޒް ކުންފުނިން ދޭން ޖެހޭ 425000 ރުފިޔާ، އަންނަ ނޮވެންބަރު މަހުގެ 15 ވަނަ ދުވަހުގެ ކުރިން ދައްކަން ޖެހޭނެ ކަމަށެވެ. 

80%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް