
އަލްޖީރިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "2026 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2027 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ފަލަސްތީނު ޓީމު ތައްޔާރުވުމާއި އެކަމާ ގުޅޭ ހުރިހާ ހަރަދެއް ނަގަން" އަލްޖީރިއާ އިންތައްޔާރަށް ތިބި ކަމަށެވެ. މިއީ ފަލަސްތީނުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިޔާ ޖިބްރީލް ރަޖޫބް އަލްޖީރިއާގެ ކަމާބެހޭ ފަރާތްތަކަށް އެދިވަޑައިގަތުމާ ގުޅިގެން ނިންމި ނިންމުމެކެވެ.
މި މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗަކީ އަންނަ މަހު ވޯލްޑް ކަޕް ކޮލިފައިންގައި އޮސްޓްރޭލިއާއާ ދެކޮޅަށް ފަލަސްތީނުން ބައްދަލުކުރާ މެޗެވެ. ވޯލްޑް ކަޕް އޭޝިއަން ޕްރިލިމިނަރީ ކޮލިފައިން ގްރޫޕް އައިގައި ފަލަސްތީން އޮތީ އޮސްޓްރޭލިއާ އާއި ލުބުނާނާ އެކުގަ އެވެ. މި ގްރޫޕަށް ދެން ކޮލިފައިވާނީ ރާއްޖެ ނުވަތަ ބަންގްލަދޭޝްއެވެ.
އަންނަ އަހަރުގެ އޭޝިއަން ކަޕް ޖެނުއަރީ މަހު ފަށާއިރު، ފަލަސްތީން ގަތަރުގައި ކުޅޭނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް، އީރާން އަދި ހޮންކޮންގްއާ ދެކޮޅަށެވެ.