ads
ފަލަސްތީނު
ފަލަސްތީނުގައި ދިވެހިންގެ ގުދަނަކަށާއި ވެހިކަލަކަށް ހަމަލާދީފި
ގައްޒާގާގައި ފަަލަސްތީނު ރައްޔިތުންނަށް ދިވެހިން ހިންގަމުން ގެންދާ ގުދަނަކަށާއި، ފަލަސްތީނު ރައްޔިތުންނަށް ދިވެހިން އެހީވުމަށް އުފައްދާފައިވާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ދުއްވި ވެހިކަލަކަށް އިޒްރޭލުން ހަމަލާދީފިއެވެ.

އައިއޭސީން ބުނީ މި ހަމަލާގަ ގުދަން އެއްކޮށް އަނދާ ހުލިވެފައިވާކަމަށެވެ. 

"މީގެ އިތުރުން އަޅުނޑުމެންގެ މުވައްޒަފުން ދަތުރުކުރަމުން ދިޔަ ވެހިކަލަކަށް ވެސް ވަނީ ހަމަލާދީފަ،" 

އެއްވެސް މީހަކަށް ގެއްލުން ނުވާކަމަށް އައިއޭސީން ބުނެއެވެ. 

އިޒްރޭލުން ދިން ހަމަލާގަ، 200 ރަޖާ، 1000 ޕާރިސަލު އަދި 3000 އަންނައުނު ޕެކް އެއްކޮށް އަނދާ ހުލިވެފައިވާކަމަަށްވެސް އެ ޖަމިއްޔާިން ވަނީ ބުނެފައެެވެ. 

އިޒްރޭލުން ގައްޒާއަށް ހަަމަލާ ދެމުން އަންނަތާ ދެ ހަފްތާއަށް އަޅާފައިވާއިރު، ގައްޒާއަށް ބޮން އެޅުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 2000 އިން މައްޗަށް އަރާފައެވެ. 

އިޒްރޭލުގެ އުދުވާނުތައް ފެށުނީ ހަމާސްއިން އޮކްޓޫބަރު 7 ވަނަ ދުވަހު ކުއްލި ހަމަލާތަކެއްދީ އިޒްރޭލުގެ 1200 މީހުން މަރާލުމާ ގުޅިގެންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް