އެއާޕޯޓަށް ތިން ގަޑިއިރު ކުރިން ދިއުމަށް އެމްއޭސީއެލްއިން އެދިއްޖެ
ގުފްތަގް އަޖީރު
21 ޑިސެމްބަރ 2024 - 12:24:52
ފްލައިޓް ފުރަން ހަމަޖެހިފައިވާ ގަޑީގެ ތިން ގަޑިއިރު ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް (ވީއައިއޭ) ދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު އެދިއްޖެ އެވެ.
އެމްއޭސީއެލްއިން މިފަދަ އިރުޝާދެއް ދީފައިވަނީ މިދުވަސްވަރަކީ ސްކޫލު ޗުއްޓީއާ ގުޅިގެން ގިނަ ބަޔަކު ދަތުރުކުރާ ދުވަސްވަރަކަށް ވެފައި، އުމްރާއަށް ދާ މީހުންގެ އަދަދު އިތުރުވެފައިވާތީ އެވެ. އަދި މިއީ ޓޫރިޒަމްގެ ޕީކް ސީޒަން ކަމަށްވާތީ، އެއާޕޯޓުގެ މަގުތަކާއި ޓާމިނަލް ބާރުވެދާނެކަމަށް ބެލެވޭތީ އެވެ.
އެމްއޭސީއެލްއިން ބުނީ މިހާރު ދުވާލަކު އެވްރެޖްކޮށް 6،000 އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރާ ކަމަށެވެ. އަދި މިކަމާ ގުޅިގެން އެއާޕޯޓުގެ މުވައްޒަފުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވަނީ އެދިފަ އެވެ.
- ސްކޫލު ޗުއްޓީއާއި އުމްރާއަށް ދާ މީހުންގެ ސަބަބުން އެއާޕޯޓް ބާރުވުމުގެ ފުރުސަތު އެބައޮތް
- ދުވާލަކު 6،000 އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރޭ
- ޓޫރިޒަމްގެ ޕީކް ސީޒަންއަށްވުމުން އެއާޕޯޓް ބިޒީވުމުގެ ފުރުސަތު އޮތް
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް