ads
ފާރިސް މައުމޫން
ފާރިސް އަނެއްކާވެސް މަޖިލީހަށް ކުރިމަތިލައްވަނީ
ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ނާކާމިޔާބު ވެވަޑައިގެން، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ރައީސް، ފާރިސް މައުމޫން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައި އެކަން އިއުލާންކުރައްވައިފި އެވެ.

މިދިޔަ މަހު ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ފާރިސް މަޖިލީހަށް ކުރިމަތިލައްވަން ނިންމެވިކަން ހާމަކުރެއްވީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓުގައި އޭނާ ވިދާޅުވީ، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ކުރިމަތިލައްވަން ނިންމަވާފައިވަނީ، މައްޗަންގޮޅީ އުތުރު ދާއިރާގެ ގޮނޑިއަށް ކަމަށެވެ. އެ ނިންމުން ނިންމި ސަބަބެއްގެ ގޮތުގައި ވިދާޅުވީ، ގައުމު އިސްލާހު ކުރުމުގެ މަސައްކަތުގައި މަޖިލީހުގެ މުހިންމު ކަން ބޮޑުކަމުން ކަމަށެވެ.


މީގެ ކުރިންވެސް މަޖިލީހުގެ މެމްބަރުކަން އަދާކުރައްވާފައިވާ ފާރިސް އެންމެ ފުރަތަމަ މަޖިލީހުގައި ތަމްސީލުކުރެއްވީ ދިއްގަރު ދާއިރާގެ މެމްބަރު ކަމެވެ. އެއީ 2014 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ކާމިޔާބު ހޯއްދަވައިގެން ނެވެ. 

އޭގެފަހުން އޮތް 2019ވަނަ އަަހަރުގެ އިންތިހާބުގައި ފާރިސް ކުރިމަތިލެއްވީ މައްޗަންގޯޅި އުތުރު ދާއިރާ އަށެވެ. އެކަމަކު އެ ފަހަރު ގޮނޑި ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް