ދައުލަތުގެ މިނިވަންކަމާއި ސިޔާދަތާއި އެއްބައިވަންތަކަމުގެ އަސާސަކީވެސް އިސްލާމްދީން ކަމަށާއި، އިސްލާމްދީނުގެ ހިދާޔަތުގައި ދިވެހިރާއްޖެ ބޭއްވުމަށް ދިވެހީން އަޒުމްކަނޑައެޅުމަށް ޑރ މުހައްމަދު ޝަހީމް އެދިލައްވައިފިއެވެ.

Advertisement
ޝަހީމް ވިދާޅުވީ އިސްލާމްދީނުގެ ހިދާޔަތުގައި ދިވެހިރާއްޖެ ތާއަބަދު ބޭއްވުމަށް އަޒުމް ކަނޑައަޅަން ޖެހޭކަމަށެވ.
“ރާއްޖެ އިސްލާމްވި ދުވަސްކަމަށް ތާރީހީ ގޮތުން ކަނޑައެޅިފައިވާ ދުވަހުން އެ ހަނދާންކޮށްދެނީ ވަރަށް ގިނަ ވާހަކަ. ދިވެހީން އަޒުމް އާކުރަންވީ ތާއަބަދަށް އިސްލާމްދީނުގެ ހިދާޔަތުގައި ރާއްޖެ ބޭއްވުމަށް. މި ދައުލަތުގެ މިނިވަންކަމަށާއި ސިޔާދަތާއި އެއްބައިވަންތަކަމުގެ އަސާސަކީ އިސްލާމްދީން"
ކުރީގެ އިސްލާމިކް މިނިސްޓަރު ވިދާޅުވީ ރާއްޖެ އިސްލާމްވީ ދުވަސްކަމަށް ތާރީހީގޮތުން ކަނޑައެޅިފައިވާ ދުވަހުން އެ ހަނދާންކޮށްދެނީ ވަރަށް ގިނަ ވާހަކަތަކެއް ކަމަށެވެ.