ads
މި އަހަރުގެ ރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކްގައި - ފޮޓޯ:ދިރާގު
ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް 10 ދުވަސް
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުން ކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) ފެށުމަށް އެންމެ 10 ދުވަހަށް ވެއްޖެއެވެ.

މި އަހަރުގެ ރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކްގައި ކަމަށް ދިވެހި ރާއްޖޭގެ ގުޅުން (ދިރާގު) އިން ބުނެއެވެ.

ދިރާގުން ބުނީ 4000 އަށް ވުރެ ގިނަ  ބައިވެރިންނާ އެކު މި އަހަރުގެ ރޯޑް ރޭހުގައި ފުރަތަމަ ފަހަރަށް ހާފް މެރަތަންއަށް ދުވުމުގެ ފުރުސަތު ދުވުންތެރިންނަށް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން އެހެން އަހަރުތަކެކޭ އެއްފަދައިން 5ކޭ އަދި 10ކޭ ދުވުންވެސް އޮންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި އަހަރުގެ ޑީއެމްއާރްއާރް 2023 ގެ ޕާޓްނަރުންނަކީ:

  • ގޯލްޑް ޕާޓްނަރަކަށް ޔުނިސެފް މޯލްޑިވްސް
  • ހޯސްޓިން ޕާޓްނަރަކަށް އާބަންކޯ
  • ސެކިއުރިޓީ އެންޑް ސޭފްޓީ ޕާޓްނަރަކަށް މޯލްޑިވްސް ޕޮލިސް ސާވިސް  
  • މެޑިކަލް ޕާޓްނަރަކަށް ޓްރީ ޓޮޕް ހޮސްޕިޓަލް
  • ފާސްޓް އެއިޑް ޕާޓްނަރަކަށް މޯލްޑިވިއަން ރެޑް ކްރެސެންޓް  

މީގެ އިތުރުން މި ދުވުމަކީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އެންޑޯސްކޮށްފައިވާ ދުވުމެއް ކަމަށް ދިރާގުން ބުނެއެވެ. 

މި ރޭހަށް ތައްޔާރުވުމަށް ބައިވެރިންނަށް އެހީތެރިވުމުގެ ގޮތުން ދިރާގުން ވަނީ ކޯޗިން ޕާޓްނަރުންގެ ގޮތުގައި އެލީޓް ރަނާސް މޯލްޑިވްސް އާއި ސާއިދު ސްޕޯޓްސް އަދި ވެލްނެސް ޕާޓްނަގެ ގޮތުގައި ދަ ވެލްނެސް ކްލަބް ހަމަޖައްސާފައެވެ. ދިރާގުން ބުނެފައިވަނީ މި ޕާޓްނަރުން ދަނީ ދުވުންތެރިންނަށް ރޭސް ދުވަހަށް ތައްޔާރުވުމަށް ހާއްސަ ތަމްރީނުތަކެއް ދެމުން ކަމަށެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ ޑީއެމްއާރްއާރްއަކީ ވެސް ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަކޮށްފައިވާ ދުވުމެއް ކަމަށް ދިރާގުން ބުނެއެވެ. މި އިވެންޓުގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އެންޑޯސްކޮށްފައިވާ އެންޖީއޯތަކުގެ ތެރެއިން ބައިވެރިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބޭ ފަސް ޖަމިއްޔާއަކަށް އެ ފަރާތްތައް ރޭވިފައިވާ ހަރަކާތްތައް ފެށުމަށް އެހީތެރިވުމުގެ ގޮތުން އެއްމިންވަރެއްގެ ފައިސާގެ އެހީތެރިކަން ދޭނެ ކަމުގައެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ. މިއީ ވޯލްޑް އެތުލެޓިކްސް ސަޓިފައިޑް ރޭސް ރޫޓަކާ އެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދުވުމެކެވެ. 

ޑީއެމްއާރްއާރް އާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް: www.dmrr.mv

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް