ads
ގަން އިންޓަނޭޝަލް އެއާޕޯޓް ތަރައްގީ ކުރެވިގެންދާނެ ގޮތުގެ ކުރެހުމެއް - ފޮޓޯ:އިކޮނޮމިކް މިިނިސްޓްރީ
އިންޑިއާގެ ލޯނުން ކުރިއަށް ގެންދާ އިތުރު މަޝްރޫއުތަކުން ޓެކްސް އިސްތިސްނާކޮށްފި
އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ 1-12 ވަނަ މާއްދާގެ ދަށުން އިސްތިސްނާ ދީފައިވާ މަޝްރޫއުތަކުގެ ތެރެއަށް އިންޑިއާގެ އެގްޒިމް ބޭންކުން ފައިސާ ދީގެން ހިންގަމުން އަންނަ އިތުރު މަޝްރޫއުތަކެއް ހިމަނައިފިއެވެ.

ވިޔަފާރި މަޝްރޫއުތަކާއި ދާއިރާތަކުން ލިބޭ އާމްދަނީން ޓެކްސް ދެއްކުމުން ހާއްސަ އިސްތިސްނާ ދިނުމާ ބެހޭ ގަވާއިދުގެ ހަތްވަނަ މާއްދާގެ ދަށުން، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ 1-12 ވަނަ މާއްދާގެ ދަށުން އާމްދަނީން ޓެކްސް ދެއްކުމުން އިސްތިސްނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތްތަކުގެ ދަފުތަރެއް ފިނޭންސް މިނިސްޓްރީން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް އަދާހަމަކުރަން ޖެހެއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން އިސްތިސްނާ ދިން ބައެއް މަޝްރޫއުތައް:

  • ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު
  • ފެލިވަރު އެކްސްޕެންޝަން މަޝްރޫއު
  • އައްޑޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު

މި މަޝްރޫއުތަކުގެ އިތުރުން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ހައުސިން ޔުނިޓުތަކެއް އަޅަން ތިން ކުންފުންޏަކާ ހަވާލުކޮށްފައިވާ މަޝްރޫއުތަކެއް ވަނީ އިންކަމް ޓެކްސް އިސްތިސްނާވާ މަޝްރޫއުތަކެއްގެ ގޮތުގައި ފިނޭންސް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. އެގޮތުން އެންބީސީސީ އާއި ރެެނާޓަސް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ވަރިންދެރާ ކޮންސްޓްރަކްޝަންސް ލިމިޓެޑުން ކުރިއަށް ގެންދާ މަޝްރޫއުތަކުން ޓެކްސް ނެގުން ވަނީ އިސްތިސްނާކޮށްފައެވެ.

މީގެ ކުރިން ވަނީ ތިލަމާލެ ބްރިޖް އެޅުމުގެ މަޝްރޫއާއި ގުޅީފަޅުގައި އެޅުމަށް ހުށަހަޅާފައިވާ ބަނދަރުގެ އިތުރުން އައްޑޫގެ ހުރިހާ ރަށެއްގައި ފެން ހިންދުމުގެ ނިޒާމު ގާއިމުކުރުމާއި މަގުތައް ހެދުމުގެ މަޝްރޫއާ ގުޅިގެން ދައްކަން ޖެހޭ ޓެކްސް އިސްތިސްނާކޮށްފައެވެ. އޭގެ އިތުރުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމާއި 10 ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ޑިޒައިންކޮށް އިމާރާތްކުރުމުގެ މަޝްރޫއުތަކުންވެސް ޓެކްސް ނެގުން ވަނީ އިސްތިސްނާކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް