ads
މާލެ
ކުރީގެ ލޯބިވެރިއާ އޭނާގެ ލޯބިވެރިއާއަށް ބިރުދެއްކި މީހަކު ޖޫރިމަނާކޮށްފި
ކުރީގެ އަނބިމީހާއާއި އޭނާ ރައްޓެހިވެގެން އުޅުނު މީހަކަށް އިންޒާރު ދިން މީހަކު ޖޫރިމަނާކުރަން ކޯޓުން ހުކުމްކޮށްފިއެވެ.
Advertisement

2017 ވަނަ އަހަރު މާލޭގައި ހިނގި މި ހާދިސާއާ ގުޅިގެން 15000 ރުފިޔާގެ ޖޫރިމަނާއެއް ދިވެހި ފިރިހެނެއްގެ މައްޗަށް އައީ، ރައްކާތެރިކުރުމުގެ އަމުރަކާ ހިލާފުވުމުން އެކަމާ ގުޅިގެން ދައުލަތުން ދައުވާ ކުރުމުންނެވެ. 

މި ހާދިސާގައި، ހުކުމަކާ ކުރިމަތިލާން ޖެހުނު ފިރިހެން މީހާ، އެކި ފަހަރު މަތިން އޭނާގެ އަންހެނުންނަށް އަނިޔާކުރަމުން ގޮސްފައިވާތީ، ގެވެށި އަނިޔާއިން ރައްކާތެރިކުމުގެ އަމުރެއް އެ މީހާގެ މައްޗަށް ނެރެފައިވެއެވެ. އޭގެ ފަހުން ދެ މީހުން ވަރިވެ، ވަކިން ދިރިއުޅެމުންދަނިކޮށް، އަންހެން މީހާ ފަހުން ރައްޓެހިވީ ފިރިހެން މީހާއާއެކު މަގުމަތީގައި ހުއްޓާ އިންޒާރު ދިން މައްސަލައެއް ފެންމަތިވިއެވެ. 

މި މައްސަލައާ ގުޅިގެން ދައުލަތުން ދައުވާ ކުރުމުން ފިރިހެން މީހާވަނީ އޭނާގެ ކުރީގެ އަންހެނުންނަށް އިންޒާރުދިން ކަމަށް ކުރި ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އެހެންނަމަވެސް ދައުލަތުން ހުށަހެޅި ހެކިންގެ ހެކި ބަހުން ފިރިހެން މީހާ އޭނާގެ ކުރީގެ އަންހެނުންނަށް އިންޒާރުދިން ކަން ސާބިތުވިއެވެ. 

ޝަރީއަތުން ކުށް ސާބިތުވީ ކަމަށް ކަނޑައެޅުމުން، ފިރިހެން މީހާވަނީ ވީހާވެސް ލުއި އަދަބެއް ދިނުމަށެވެ. އެ ކުށަށް 15000 ރުފިޔާގެ ޖޫރިމަނާއެއް ނުވަތަ ހަ މަސް ދުވަހުގެ ޖަލު ހުކުމެއް ގާނުނުން ހުއްދަ ކުރެއެވެ. މައްސަލަ ބެއްލެވި ގާޒީ ނިންމެވީ، އެ ފިރިހެން މީހާގެ ކުށުގެ އެއްވެސް ރެކޯޑެއްވެސް ކުރިން ނެތުމުން، އޭނާއަށް ޖޫރިމަނާގެ އަދަބެއް ދިނުމަށެވެ. އެގޮތުން، ފިރިގެން މީހާ 15000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ނިންމީއެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ފިރިގެން މީހާ އިންޒާރުދިން އޭނާގެ ކުރީގެ އަނބިމީހާއާއި އެ ހާދިސާ ހިނގިއިރު އެ އަންހެން މީހާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހާ މިހާރު އުޅެނީ ކައިވެނިކޮށްގެންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް