މިނިސްޓަރުގެ މި ދަތުރުފުޅަކީ ބުދަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް މިސްރުގެ ވެރިރަށް ގާހިރާގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ފަތުވާ އެންޑް ޗެލެންޖާޒް އޮފް ދަ ތާޑް މިލޭނިއަމްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ކޮންފަރެންސްގެ މި އަހަރުގެ ތީމަކީ "ތޭވީސްވަނަ ގަރުނުގައި ފަތުވާ އަދި ފަތުވާ ދިނުމުގައި ހުރި ގޮންޖެހުންތައް" މި މައުލޫ ކަމަށެވެ.
މި ކޮންފަރެންސްގައި އަހްމަދު ޒާހިރު ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މި ކޮންފަރެންސަކީ ދުނިޔޭގެ ފަތުވާ އިދާރާއިން ފަތުވާދެއްވާ މުފްތީންނާއި އިސްލާމީ މުފައްކިރުން ހިމެނޭ ގޮތަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.