ads
ސިވިލް ކޯޓް: ފޮޓޯ ރާއްޖެއެމްވީ
އެމްއެމްޕީއަރުސީން ހާޒިރުނުވެގެން އެސްއޯއެފް މައްސަލަ ބޭރުކޮށްލައިފި
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުނީގެ މައްޗަށް ފައިސާ ދައްކަން ކޮށްފައިވާ ހުކުމާ އެއް ގޮތަށް ފައިސާ ނުދައްކާ މައްސަލަ، އެމްއެމްޕީއާރުސީން ކޯޓަށް ހާޒިރު ނުވެގެން ސިވިލް ކޯޓުން ބޭރުކޮށްލައިފި އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްރަށާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްތެރިވި މައްސަލާގައި އެ ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުނީގެ މައްޗަށް ފައިސާ ދައްކަން ސިވިލް ކޯޓުން ހުކުމްކުރީ  2017 ވަނަ އަހަރުއެވެ. އެއީ 10،708،271 ރުފިޔާ، ހަ މަހަށް ބަހާލައިގެން ކޮންމެ މަހަކަށް ޖެހޭ މިންވަރު އެ މުއްދަތުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކާ ގޮތަށެވެ. ނަމަވެސް ހުކުމާ އެއްގޮތަށް އެސްއޯއެފް އިން ފައިސާ ނުދައްކާ މައްސަލަ ސިވިލް ކޯޓުން އިސްވެ ބަލަން ފެށީ، މަދަނީ އިޖުރާއަތްތަކުގެ ގާނޫނު ވުޖޫދުވުމުގެ ކުރިން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ސާކިއުލާއެއްގެ ދަށުންނެވެ.

ސިވިލް ކޯޓުން މިދިޔަ ހަފްތާގައި ތަންފީޒީ މި މައްސަލައާ ގުޅިގެން ކުރި ހުކުމުގައި ވަނީ މިހާރު މަދަނީ އިޖުރާއަތްތަކުގެ ގާނޫނުގައި ބަޔާންކުރާ އުސޫލުތައް އޮތް ގޮތުން ހުކުމް ތަންފީޒު ކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އެޅުމަށް ހުކުމެއް ކުރެވެން އަންނަނީ ދައުވާކުރާ ފަރާތުގެ ހާޒިރުގައި ކަމަށެވެ. 

ނަމަވެސް އަޑުއެހުމަށް ހާޒިރުވުމަށް އެމްއެމްޕީއާރުސީއަށް ފޮނުވި ހާޒިރު އަމުރާ ވެސް ހަވާލުވުމަށް ފަހު އެ ދުވަހުގެ އަޑުއެހުމަށް އެމްއެމްޕީއާރުސީން ހާޒިރުވެފައި ނުވާކަން ސިވިލް ކޯޓުން ފާހަގަކުރިއެވެ. އަދި އެކަމަށް ރިއާޔަތްކޮށް މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް ނިންމީއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް