ads
ސީޕީ ހަމީދު
ސީޕީ ހަމީދު ރިޓަޔާވުމުގެ ކުރިން އިސް މަގާމުތަކުގެ ޝަރުތު ކަނޑައަޅަނީ
މަގާމުން ވަކިވެލެއްވުމުގެ ކުރިން ފުލުހުންގެ އެންމެ އިސް ލީޑާޝިޕްގައި ތިއްބެވި އޮފިސަރުންގެ ރޭންކުތަކުގެ މަސައްކަތްތަކާއި މަގާމު އަދާކުރުމަށް ހަމަވާން ޖެހޭ އަސާސީ ޝަރުތުތައް ފައިނަލް ކުރާނެކަމަށް ކޮމިޝަނާ އޮފް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
Advertisement

ފުލުހުންގެ އެތެރޭގެ ބްލޮގެއްގައި މިއަދު ހަމީދު ވިދާޅުވެފައިވަނީ، ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް އެއްވަރެއްގައި ދެމެހެއްޓުމުގެ ގޮތުން އެކުލަވާލާ "ފުލުުހުންގެ ޕްރޮފެޝަނަލް ފްރޭމްވޯކް" ނުވަތަ "ކޮމްޕެޓެންސީ ފްރޭމްވޯކު" އަންނަ މަހު ތަސްދީގުކުރައްވައި އަމަލުކުރަން ތައްޔާރުވެފައިވާކަމަށެވެ. 

"ނޮވެމްބަރު މަހުގެ ތެރޭގައި ފުލުހުންގެ އެންމެ އިސް ލީޑާޝިޕްގައި ތިއްބެވި އޮފިސަރުންގެ ރޭންކުތަކުގެ މަސައްކަތްތަކާއި މަގާމު އަދާކުރުމަށް ހަމަވާން ޖެހޭ އަސާސީ ޝަރުތުތައް ފައިނަލް ކުރާނެ.  ފުލުހުންގެ ހިދުމަތަށް އިންގިލާބީ ބޮޑު ބަދަލެއް އަންނާނެ،" 

މިއީ ފުލުހުންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ފުލުހުންގެ ކޮންމެ ރޭންކަކަށް ނުވަތަ މަގާމަކަށް ނަގާ މީހެއްގެ ކިބައިގައި ހުންނަން ލާޒިމުވާ ޕްރޮފެޝަނަލް އަދި ޕާސަނަލް ކޮލިޓީތައް ބަޔާންކުރާ ފްރޭމްވޯކެކެވެ.

"އޭގެ އަލީގައި ހުނަރު ލައިދިނުން, އެކި ލެވެލުގައި ތަމްރީނު ކުރުން, ޕްރޮމޯޝަން ދިނުން, ޓެލެންޓު ނުވަތަ ސްކިލް ލެވެލް ދެނެގަނެވި ޖުމުލަ ގޮތެއްގައި މުޅި އެންމެން ޕްރޮފެޝަނަލައިޒް ކުރުވާނެ," އެ ފްރޭމްވޯކާ ގުޅޭގޮތުން "އަދަދު" އިން ސުވާލުކުރުމުން ހަމީދު ވިދާޅުވިއެވެ.

މި ފްރޭމްވޯކަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ 2011 ވަނަ އަހަރު އެކުލަވާލަން ފަށާފައިވާ ފްރޭމްވޯކެކެވެ.  އޭގެ ފަހުން އެ މަސައްކަތް މަޑުޖެހިފައި އޮތުމަށް ފަހު އަލުން ފެށީ 2019 ވަނަ އަހަރު އެމްޑީޕީން އަލުން ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހުއެވެ.

"މި ފްރޭމްވޯކް އެކުލަވާލުމަށް އިނގިރޭސިވިލާތުގެ ކަމާބެހޭ މާހިރަކާ އެކު ފުލުހުންގެ ޓީމަކުން މަސައްކަތްކުރި،" 

ހަމީދު ވަނީ އަންނަ މަހު ރިޓަޔާކުރައްވާނެކަމަށް އިއުލާނުކުރައްވާފައެވެ. 

38%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
38%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް