ads
ރިޔާސީ އިންތިހާބުގެ ކެންޕޭނު ހިނގާލުމުގަ ޑރ. މުއިއްޒު: ފޮޓޯ ދިޔަރެސް
ސިޔާސީ ވިސްނުމަށްވުރެ އަހުވަންތަކަމުގެ ގުޅުން އިސްކުރަންޖެހޭ: ޑރ. މުއިއްޒު
ސިޔާސީ ވިސްނުމަށްވުރެ އަހުވަންތަކަމުގެ ގުޅުން އިސްކުރަންޖެހޭކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު އިލްމުވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވމުން މުއިއްޒު ވިދާޅުވީ، މީހުންގެ ވާހަކަ ދެއްކުމަކީ އިސްލާމް ދީނުގަ މަނާކަަމެއްކަމަށެވެ. 

"ސިޔާސީ ވިސްނުމުގެ ސަބަބުން ހިޔާލުތަފާތުވުންތަކެއް ހުރެދާނެ ކަމަށާއި ނަމަވެސް އޭގެ މައްޗަށް އިސްކުރަން ޖެހޭނީ އެކަކު އަނެކަކަށް އޮންނަންވީ އަހުވަންތަކަމުގެ ގުޅުން،" - އިންތިހާބީ ރައީސް މުއިއްޒު-

އެކަކު އަނެކަކަށް އެއްވެސް އުނދަގުލެއް ކުރިމަތިނުކޮށް އުޅޭ ބަޔަކަށް ވާން އެބަޖެހޭކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. ދީނުގަ އަންގަވާފަ އޮތީ އެގޮތަށްކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. 

"ރިޔާސީ އިންތިހާބުގެ ކެމްޕޭނު ނިންމަވާލެއްވީ އެއްވެސް މީހަކާއި ޒާތީ ނުވެ. ރައްޔިތުން ބަލައިގަތީ ވެސް އެކަން،" 

މުއިއްޒު ވިދާޅވީ ބްރިޖު އެޅިޔަސް، ކިތަންމެ ވަރަކަށް ބިންތައް ހިއްކިޔަސް، އުމްރާނީ ތަރައްގީ ގެނަޔަސް ހަގީގީ ތަރައްގީއެއް ނާންނާނެކަމަށެވެ. 

ނަފްސާއި ސިކުނޑި އަދި ހިތުގެ މުއްސަނދިކަން އަނބުރާ ނާންނަހާ ހިނދަކު ހަގީގީ މާނައިގައި ގައުމު ތަރައްގީ ނުވާނެ ކަމަށް އިންތިހާބީ ރައީސް މިއަދު އިލްމުވެރިންނާ ބައްދަލުކުރައްވައި ވިދާޅުވިއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް