އިސްލާމިކް ބޭންކުން ފައިނޭންސް ކޮށްގެން ތަރައްގީކުރި މި ފިއުލް ފާމު ހުޅުއްވައިދެއްވީ، މިއަދު އެކަމަށްޓަކައި މާފަރުގައި ބޭއްވި ރަސްމިޔާތުގައި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު އާއި އިސްލާމިކް ބޭންކުގެ މެނޭޖިން ޑިރެކްޓަރު މުފައްދަލް އިދްރީސް ހުމްރީ އެެވެ.
އައިލެންޑް އޭވިއޭޝަނުން ބުނިގޮތުގައި، 400،000 ލީޓަރުގެ ފިއުލް ރައްކާ ކުރެވޭވަރުގެ ކެޕޭސިޓީއަކާއެކު ހަދާފައިވާ މި ފާމުގައި 35،000 ލީޓަރާއި، 20،000 ލީޓަރުގެ ތެޔޮ ބައުޒަރެއް ވެސް ވަނީ ބަހައްޓާފަ އެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފަހު ރާއްޖޭގައި މިހާތަނަށް އޮޕަރޭޓުކުރަމުންދާ އެންމެ ބޮޑު އިންޓަނޭޝަނަލް އެއަޕޯޓެވެ.