ads
ހަސަން ލަތީފް ނޫސްވެރިންނާއި ބައްދަލުކުރައްވަނީ. ފޮޓޯ: ޕީއެސްއެމް
ފެނަކައިގެ 72 މިލިއަން ރުފިޔާގެ ކޮރަޕްޝަން ނުބެލި އޮތުމުން ކަންބޮޑުވުން
ފެނަކައިގެ 72 މިލިއަން ރުފިޔާގެ ކޮރަޕްޝަން ނުބެލި އޮތުމުން ކަންބޮޑުވުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ އެ މައްސަލަތަކަކަކީ ފެނައިގެ މުވައްޒަފުން އޭސީސީއަށް ހުށަހަޅާފައިވާ މައްސަލަތަކެއްކަމަށެވެ. 

ލަތީފް މިހެން ވިދާޅުވީ ފެނަކައިން ކުދި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަސްކުރުމަށާއި މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމުގެ އިތުރުން ދަރަނިތައް އަދާކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވައިލަން ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. 

" އެތައް މިލިއަން ރުފިޔާއެއް ކުންފުނިތަކަށް ނުދެއްކުމުގެ އިތުރުން، އެ ކުންފުންޏަށް ނިސްބަތްވާ 71.9 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ ތަފާތު 31 މައްސަލަ އޭސީސީގައި އެބައޮތް" -ހަސަން-

ހަސަން ވިދާޅުވީ އެ މައްސަލަތަކަކީ ބެލެންޖެހޭނެ މައްސަލަތަކެއްކަމަށެވެ. 

"އެ މައްސަލަތައް ނުބެލޭ ކަމަށް ވަންޏާ އަނެއްކާވެސް އެ ކަންކަން ކުރާ ފަރާތްތަކަށް، ކޮރަޕްޝަންގެ އެ އަމަލުތައް ހިންގާ ފަރާތްތަކަށް އެ ލިބެނީ ހިތްވަރެއް،"

މި މައްސަލައާއި ގުޅިގެން ފެނަކައިން އަދި ބަހެއް ނިލިބެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް