ޕެރޫއާ އާޖެންޓީނާ ކުޅުނު މެޗުން ދެ ލަނޑު ސުން ލަނޑުން އާޖެންޓީނާ ރޭ މޮޅުވިއިރު، ދެ ލަނޑުވެސް ޖެހީ ކެޕްޓަން މެސީއެވެ. މިއީ އަނިޔާގެ ސަބަބުން ކުޑަ ދުވަސް ކޮޅަކަށް ކުޅުމާ ދުރުގައި ހުރުމަށް ފަހު އެނބުރި އައިސް މެސީ އާޖެންޓީނާއަށް ޖެހި ފުރަތަމަ ލަނޑުތަކެވެ.
މި މެޗުގައި މެސީ ތިންވަނަ ލަނޑެއް ޖަހައި ހެޓްރިކް ފުރިހަމަ ކުރިނަމަވެސް ވީއޭއާރުން އެ ލަނޑު ބަލައި ނުގަންނަން ނިންމީ އޮފް ސައިޑްވުމުންނެވެ.
ވޯލްޑްކަޕް ކޮލިފައިންގައި އާޖެންޓީނާ ދެން ކުޅޭ މެޗު އޮންނާނީ އަންނަ މަހުގެ 16 ވަނަ ދުވަހު، އުރުގުއޭއާ ދެކޮޅަށެވެ. އޭގެ ފަހުން ޒަމާންވީ ވާދަވެރިޔާ ބްރެޒިލްއާ ދެކޮޅަށް އާޖެންޓީނާ ނުކުންނާނެއެވެ.