ފެނަކައިން ކުދި ވިޔަފާރިތަކާއި އަދި ފެނަކައަށް ދައްކަން ޖެހޭ ފައިސާތައް އަވަހަށް ދެއްކުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ގަރާރަށް މިއަދު ބަހުސް ކުރައްވަމުން އާމިރު ވިދާޅުވީ، އާންމު ރައްޔިތުން ބިލު ނުދައްކައިފިނަމަ ފެނާއި ކަރަނޓު ކަނޑާލާކަމަށެވެ. ނަމަވެސް އެ އުސޫލު ދައުލަތުގެ ކުންފުނިތަކާ މުއައްސަސާތަކުގެ މައްޗަށް ނުހިނގާކަމަށެވެ.
މިހެންކަމުން ދައުަލުންވެސް އާންމު ރައްޔިތުންނެކޭ އެއް އުސޫލުން ޖޫރިމަނާ ދައްކަންޖެހޭނެކަމަށާއި، އިންސާފަކަށް ވާނީ އެގޮތްކަމަށް އޭނާ ވިދާޅުވިއެވެ.
އާމިރު ވިދާޅުވީ އަމިއްލަ އެކި ފަރާތްތަކުން މަސައްކަތް ކޮށްފައި ބިލު ހުށަހަޅާފައި އޮންނައިރު އޭގައި އޮންނަ މުއްދަތު ފަހަނައަޅައި ގޮސްފިނަމަ ޖޫރިމަނާ އާއިއެކު ދައުލަތުން ފައިސާ ދައްކަން ޖެހޭނެ އުސޫލެއް އެކުލަވައިލަންޖެހޭ ކަމަށެވެ.