ads
އިގިރޭސި ކުޅުންތެރިން
އިޓަލީ ބަލިކޮށް އިންގްލޭންޑް ޔޫރޯއަށް
އިޓަލީ ބަލިކޮށް، އިންގްލެންޑުން އަންނަ އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވެއްޖެ އެވެ.

އަންނަ ހޫނު މޫސުމުގައި ޖަރުމަނުގައި އޮންނަ ޔޫރޯ 2024 އަށް އިންގްލެންޑުން ކޮލިފައިވުން ކަށަވަރުކޮށްދިނީ ފަހަތުން އަރައި 3-1 އިން އިޓަލީ ބަލިކޮށްގެނެވެ. އިންގްލެންޑަކީ އަންނަ އަހަރުގެ ޔޫރޯގެ ޖާގަ ޔަގީންކުރި ނުވަ ވަނަ ޓީމެވެ. އިންގްލަންޑްގެ އިތުރުން އަންނަ އަހަރުގެ ޔޫރޯއިން ފުރުސަތު ހޯދާފައިވާ ޓީމުތަކަކީ ހޯސްޓްގެ ގޮތުގައި ޖަރުމަނު އަދި ކޮލިފިކޭޝަނުން ބެލްޖިއަމް، ފްރާންސް، ޕޯޗުގަލް، ސްޕެއިން، ސްކޮޓްލެންޑް، ތުރުކީ އަދި އޮސްޓްރިއާ އެވެ.

ރޭގެ މެޗުތަކަށް ފަހު، ކޮލިފައިން ގްރޫޕް ސީގެ އެއް ވަނައިގައި އިންގްލެންޑް އޮތީ ހަ މެޗުން 16 ޕޮއިންޓާ އެކު އެވެ. އިޓަލީ އޮތީ ތިން ވަނައިގައެވެ. އެއީ ހަ މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އިޓަލީން ލީޑު ހޯދީ،  މެޗުގެ 15 ވަނަ މިނިޓްގައި ޖިއަންލޫކާ ސްކަމާކާ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އިންގްލެންޑުން އެއްވަރުކުރީ ހެރީ ކޭން ޖެހި ޕެނަލްޓީންނެވެ. އިންގްލެންޑްގެ ދެ ވަނަ ގޯލު ޖެހި މާކަސް ރަޝްފޯޑް އެވެ. އަދި ފަހު ލަނޑުވެސް ޖެހީ ކެޕްޓަން ކޭންއެވެ. މިއީ ގައުމީ ޓީމަށް ކޭން ޖަހައިދިން 60 ވަނަ ގޯލެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް